ދިރާގުޕޭއިން އެފްޑީސީ ފުލެޓުގެ ކުލި ދައްކައިގެން، އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް

ދިރާގުޕޭ އިން ފުލެޓުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް -- ފޮޓޯ: ދިރާގު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށާއި ކޮންމެ މަހަކު ވެސް ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ކުލި، ދިރާގުޕޭ މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ދައްކާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެގޮތުން ފަހި ޕޯޓަލްއިން ކުލި ދެއްކުމަށް ފިތާލުމަށްފަހު ދިރާގުޕޭ ޚިޔާރު ކުރެވޭނެ ކަަމަށާއި މޮބައިލް ނަންބަރު ޖަހައި ޕޭމަންޓް ރިކުއެސްޓް ފުރިހަމަކޮށްލުމުން، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކުލި ދެއްކޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އަލަށް ދިރާގުޕޭ ބޭނުންކުރާ މީހުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ފްލެޓުގެ ކުލި ދައްކައިގެން އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ޚާއްސަ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް