އޭނާއަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދޭން އުޅޭކަން އެނގިވަޑައިގެން، އެ މައްސަލަ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިއްޔެ ޕޮލިހަށް ހުށަހަޅައިފިއެވެ.
މިފަދަ ވާހަކަތަކެއް މީސްމީޑިއާގައި ފެތުރިފައި ވަނިކޮށް، އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޑޫ ވިދާޅުވެފައި ވަނީ، އޭނާއާއި ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ ކަމަށެވެ.
އެކަން އިއްޔެ ފުލުހަށް ހުށަހެޅިކަން ކުޑޫ ވަނީ ހާމަކުރައްވާފައެވެ.
އަޅުގަނޑާއި ރާއްޖެޓީވީގެ އާމިރުއަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދޭން އުޅޭ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިގެން އަޅުގަނޑު އިއްޔެގައި ފުލުހަށް ސިޓީއެއް ފޮނުވިން 01:43ގައި. މިހާރު މިއަދު މި ދަނީ 24 ގަޑިއިރުވުމާ ހިސާބަށް ދާއިރު މި އަށް ޖަވާބެއް ނުދެއްވާ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ މެދު އެފަދައިން އަމަލުކުރާއިރު، ރައްޔިތެއްގެ ޝަކުވާ ފުލުހުން ބަލާނީ ކޮން އިރަކުތޯ ކުޑޫ ސުވާލު އުފެއްދެވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އާމިރު ސަލީމަށް ގެއްލުމެއް ދޭން އުޅޭކަން އެނގި، އެ މައްސަލަ ވެސް އިއްޔެ ވަނީ ފުލުހަށް ހުށަހަޅާފައެވެ.
މީގެކުރިން ވެސް މަޖިލީހުގެ މެންބަރުންނަށް ހަމަލާދީ، މަރުގެ އިންޒާރުތައް ދިން މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.