ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ހިޔާ ފްލެޓުތައް--- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން

ހިޔާ ފްލެޓެއްގެ ބެލްކަނީގައި އާންމުކޮށް ފެންނަ ގޮތަށް އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސް، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަން ފަށައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދެ މީހުން ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އެޕާޓްމަންޓެއްގެ ބެލްކަނީގައެވެ. އަދި ވީޑިއޯއިން ލަފާކުރެވޭ ގޮތުގައި އެ މީހުން އެކަން ކޮށްފައިވަނީ ދުވާލުގެ ވަގުތުގައެވެ.

ފުލުހުންގެ މެސެޖުގައި ބުނެފައިވަނީ، ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ މި ވީޑިއޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް މަދުން ނަމަވެސް މިފަދަ މައްސަލަތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.

މި ހާދިސާ ހިނގާފައިވާ ހިޔާ ފްލެޓް ސަރަހައްދަކީ 7،000 ފްލެޓް ހިމެނޭ، އަދި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ސަރަހައްދެކެވެ.

comment ކޮމެންޓް