ރެސްޓޯރަންޓެއްގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދީ ދޮރު ހަލާކުކޮށްލައިފި، ޒުވާނަކު ހައްޔަރަށް

ފުލުހުންތަކެއް: ރެސްޓޯރަންޓެއްގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ޒުވާނަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

މާލޭގެ ރެސްޓޯރަންޓެއްގެ ތެރޭ އެ ތަނުގެ އަންހެން މުވައްޒަފަކަށާއި އެ ތަނުގައި ތިބި މީހުންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުންނަ ރެސްޓޯރަންޓެއްގައި މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ރޭ 11:000 ހާއިރު ލިބުނު ކަމަށެވެ.

އެ މާރާމާރީގެ އިތުރު ތަފުސީލު ހިއްސާކޮށް ފުލުހުން ބުނީ، ރެސްޓޯރަންޓުގެ ތެރޭ އިން އަންހެނަކަށް އެ ފިރިހެން މީހާ ހަމަލާދިން ކަމަށެވެ. އޭގެ އިތުރުން، ހަމަނުޖެހުން ހުއްޓުވަން އުޅުނު ބަޔަކަށް ހަމަލާދިނުމުގެ އިތުރުން، އެ ތަނުގެ މުވައްޒަފަކަށް ވެސް އޭނާ ހަމަލާދީ، ރެސްޓޯރަންޓުގެ ދޮރަށް ގެއްލުންދިން ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގެ ތެރެއިން އަންހެން މުވައްޒަފުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން، އޭނާގެ ބޯ ދުޅަވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން އަންނަނީ މި މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

comment ކޮމެންޓް