މޯލްޑިވްސް ލިވިން އެކްސްޕޯ 2026 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުރިއަށް ގެންދިޔަ 50,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ "އެމްއައިބީ ލިވިން އެކްސްޕޯ ކުއިޒު"ގެ ނަސީބުވެރިޔާ އެމްއައިބީން ހޮވައިފިއެވެ.
އެމްއައިބީން ހާމާކުރި ގޮތުގައި މި ކުއިޒްގެ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ ހުސައިން އަލީމް އަލީ ރަޝީދެވެ.
މި މަހުގެ ހަވަނަ ދުވަހުން ނުވަ ވަނަ ދުވަހަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި އެކްސްޕޯގެ ތެރެއިން އެމްއައިބީ ސްޓޯލަށް ޒިޔާރަތްކޮށް، ކުއިޒުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް އެމްއައިބީން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި ކުއިޒުގައި ބައިވެރިވުމަށްޓަކައި އެމްއައިބީ ސްޓޯލްގައި ބަހައްޓާފައިވާ ކިއުއާރް ކޯޑު ސްކޭންކުރުމަށް ފަހު އޮންލައިން ފޯމެއް ފުރިހަމަކުރަންޖެހުނެވެ. އަދި ކުއިޒް ފުރިހަމަކޮށް، ކެމްޕޭނުގެ ޝަރުތުތައް ހަމަވި ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް މިހާރު ވަނީ 50,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.