ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރަން ދިރާގުން އިލްތިމާސެއް

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރަން ދިރާގުން އިލްތިމާސްކޮށްފި --- ފޮޓޯ: ދިރާގު

ދިރާގު ހިއްސާދާރުންގެ ޑިވިޑެންޑް ޓެކްސް ގަވާއިދުތަކާ އެއްގޮތަށް ދޫކުރުމަށްޓަކައި، ހިއްސާދާރުންގެ 'ޓެކްސް ރެޒިޑެންސީ ސްޓޭޓަސް' (ޓެކްސް ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށްފަހު އެ މައުލޫމާތު އަޕްޑޭޓްކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 އިންސައްތައިގެ ރޭޓުން 'ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް' އުނިކުރަންޖެހެއެވެ.

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރަން ދިރާގުން އިލްތިމާސްކޮށްފި --- ފޮޓޯ: ދިރާގު

އޭގެ އިތުރުން ފައިދާ ދޫކުރާ ވަގުތު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ އެ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރެއެވެ.

އެހެންކަމުން، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ 'ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު' ފުރިހަމަކުރުމަށްފަހު އީމެއިލް ([email protected]) ކުރުމަށް ދިރާގުން ވަނީ އެދިފައެވެ.

comment ކޮމެންޓް