އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތަށް ސަބްސްކްރައިބް ކުރެވޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިދީފިއެވެ.
އުރީދޫން ވަނީ ޓްރޫކޯލާއަކީ، ފޯނަށް ގުޅާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ އެޕްކަން ފާހަގަކޮށްފައެވެ. އެ ޚިދުމަތާއެކު އުރީދޫން ގާއިމުކުރި ޚާއްސަ ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޚިދުމަތުގެ ފީ އިތުރުކުރާނީ އުރީދޫ ބިލަށްކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އުރީދޫން ބުނި ގޮތުގައި، އޮޅުވާލައިގެން ކުރާ ކޯލްތަކާއި، ސްޕޭމް އަދި ނޭދެވޭ ކޯލްތައް މުޖުތަމައުގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޓްރޫކޯލާ ޕްރީމިއަމްގެ އެޑްވާންސް ފީޗާތަކުގެ އެހީގައި ކަސްޓަމަރުންނަށް އެފަދަ ކޯލްތަކާއި މެސެޖުތައް ފުރިހަމައަށް ކޮންޓްރޯލް ކުރެވޭނެއެވެ. އެ ފީޗާތަކުގެ ތެރޭގައި:
· އެޑްވާންސްޑް ސްޕޭމް އެންޑް ސްކޭމް ޕްރޮޓެކްޝަން - އޮޅުވާލައިގެން ކުރާ ކޯލްތަކާއި އުނދަގޫކުރަން ގުޅުމާއި އެސްއެމްއެސް ކުރުން ވަގުތުން ހުއްޓުވުން
· ހޫ ވިއުޑް މައި ޕްރޮފައިލް - ޓްރޫކޯލާ ޕްރޮފައިލް ބެލި ފަރާތްތައް ދެނެގަތުން.
· އިންކޮގްނިޓޯ މޯޑް - އެހެން މީހުންނަށް ނޭނގޭ ގޮތަށް ސިއްރުން ޕްރޮފައިލްތައް ބެލުން.
· ކޮންޓެކްޓް ރިކުއެސްޓްސް - ޓްރޫކޯލާ ބޭނުންކުރާ އެހެން ފަރާތްތަކުގެ ކޮންޓެކްޓް މަޢުލޫމާތަށް އެދުން.
· އެޑް-ފްރީ އެކްސްޕީރިއަންސް – އިސްތިހާރާ ނުލައި އެޕްލިކޭޝަން ބޭނުންކުރުން.
· ޕްރީމިއަމް ބެޖް - ކަށަވަރުކުރެވިފައިވާ ޕްރީމިއަމް ޕްރޮފައިލަކާއެކު ޚާއްސަ ބެޖެއް ލިބުން.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝާދީ ޤަވާސްމީ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއި، ހަމަޖެހުން ގެނެސްދޭ ފީޗަރުތަކާއެކު ޓްރޫކޯލާގެ ޕްރީމިއަމް ތަޖުރިބާ ފޯރުކޮށްދެވޭތީ އުފާކުރައްވާ ކަމަށެވެ.
"މި އެއްބަސްވުން ރަމްޒުކޮށްދެނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ރައްކާތެރި އަދި ފަސޭހަކޮށްދޭނެ އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.
ޓްރޫކޯލާގެ ވައިސް ޕްރެޒިޑެންޓް ޕްރީމިއަމް ޕްރޮޑަކްޓްސް ޒޭވިއާ ޓްރޫވޭ ވަނީ، އުރީދޫ މޯލްޑިވްސްއާއެކު ބައިވެރިވެ، ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.
"ދެ ކުންފުނި ގުޅިގެން، އިތުބާރުހުރި ގޮތެއްގައި ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް އަދި އޮޅުވާލައިގެން ކުރާ ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދީ، މީހުންގެ މުއާމަލާތްތައް އިތުރު އިތުބާރާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް އުރީދޫ ކަސްޓަމަރުންނަށް ޚާއްސަކޮށް، ކުންފުނީގެ އެޕްގެ 'ހޮޅުއަށި' މެދުވެރިކޮށް މަހަކު 150 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ޚިދުމަތުގެ ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށް އިތުރުކުރެވޭއިރު، ޕްރީޕެއިޑް ކްރެޑިޓުން ސީދާ އުނިކުރެވޭނެއެވެ.
މި ޚިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި، އުރީދޫ އެޕް ހުޅުވާލުމަށްފަހު 'ހޮޅުއަށި' ސެކްޝަނަށް ގޮސް 'ޓްރޫކޯލާ ޕްރީމިއަމް' އިޚްތިޔާރު ކުރެވޭނެއެވެ. ނުވަތަ ore.do/holhuashi ލިންކަށް ޒިޔާރަތްކޮށްގެންވެސް ސަބްސްކްރައިބް ކުރެވޭނެއެވެ.
ޓްރޫކޯލާއާއެކު، އުރީދޫ މޯލްޑިވްސްއިން 'ހޮޅުއަށި' ފުޅާކޮށް، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މައި މަރުކަޒަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އީޖާދީ އަދި ރައްކާތެރި ޑިޖިޓަލް ތަޖުރިބާތަކެއް މެދުވެރިކޮށް 'ޑިޖިޓަލް މޯލްޑިވްސް' އެއް ބިނާކުރުމަށް އެ ކުންފުނިން ގެންގުޅޭ ތަޞައްވުރަށް ވެސް ބާރު ލިބޭ ކަމަށް އުރީދޫން ބުންޏެވެ.