އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ހިލޭ އައިސް ކްރީމް ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހަކީ މާދަމައެވެ.
އެ ކުންފުނިން ވަނީ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިލޭ އައިސް ކްރީމް ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ވެސް މި ހަރަކާތް ކުރިއަށްދާނެ ކަމަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން އައިސް ކްރީމް ބެހުމުގެ ހަރަކާތް ކުރިއަށްގެންދާ ސަރަހައްދުތަކުގެ ތެރޭގައި:
- އުރީދޫގެ ޑިޖިޓަލް ސެންޓަރު މާލެ (ސަލްމާން މިސްކިތް ކުރިމަތި)
- އުރީދޫ ހެޑް ކުއާޓަރު، ހުޅުމާލެ
- އޯއީސީ، ހުޅުމާލެ ފޭސް ދޭއް
- އުރީދޫ އޮފީސް، ކުޅުދުއްފުށި ސިޓީ
- އޯއީސީ، އައްޑޫ ސިޓީ
އުރީދޫއިން ވަނީ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކަކާއި އައު ޑިޖިޓަލް ޚިދުމަތްތަކެއް ވެސް ތައާރަފުކޮށްފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އޮގަސްޓު މަހުގެ ތެރޭގައި ތައާރަފުކުރާ މި އީޖާދީ އުފެއްދުންތަކާއި ޚާއްސަ އޮފާތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު ރާއްޖެއަށް އައު ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދޭ އޮފާތަކެކެވެ.