ގޯރަވް 'ބުލީ'ކުރި ކަމަށް ބުނެ ޝަގުންގެ ބޮޑެތި ތުހުމަތުތަކެއް

ޝަގުން ޝަރުމާ އަދި ގޯރަވް ކަންނާ--ފޮޓޯ/އެންޑީޓީވީ

މިދިޔަ ހޮނިހިރު ދުވަހު ކަލަސް ޓީވީއިން ދައްކަން ފެށި ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ" ސީޒަން 15ގެ ބައިވެރިޔާ ގޯރަވް ކަންނާ "ބުލީ" ކުރި ކަމަށް ބުނެ ބަތަލާ ޝަގުން ޝަރުމާ ބޮޑު ތުހުމަތެއް ކޮށްފިއެވެ.

ޓެލެވިޒަން ބަތަލާ ޝަގުން ހާމަކުރި ގޮތުގައި ގޯރަވް އަކީ އޭނާ ދެން ދުވަހަކުވެސް ބައްދަލުކުރަން ބޭނުންނުވާ ހަމައެކަނި މީހާއެވެ.

މަޝްހޫރު ޓީވީ ޑްރާމާ 'ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ 2'އިން ފެނުނު ބަތަލާ 'ފިލްމީގިޔާން'އަށް ދިން އިންޓަވިއުއެއްގައި ބުނީ، ސްޓަންޓްތައް ފުރިހަމަކުރާއިރު ގޯރަވް އޭނާއަށް ވަރަށް ބޮޑަށް ބުލީ ކުރި ކަމަށެވެ.

"މިސާލަކަށް ފަސް މީހުން ޓާސްކެއް ފުރިހަމަކުރަން އުޅެނިކޮށް ހަތަރު މީހުން އެކަން ހުއްޓާލައިފިނަމަ، އެ ހަތަރު މީހުންގެ ތެރެއިންވެސް އޭނާ އެންމެ ބޮޑަށް ދިމާކުރާނީ އަހަންނާ. އޭނާ ބުނާނެ މިއީ ކަންކަން ހުއްޓާލާ މީހެކޭ، މިއީ ވަރަށް ބަލިކަށި މީހެކޭ. އޭނާ އަހަންނަށް ވަރަށް ބޮޑަށް ބުލީ ކުރި،" ޝަގުން ބުނެފައިވެއެވެ.

ޝަގުން 'ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ 2'ގެ ލީޑް ބަތަލާ ސްމިރްތީ އިރާނީއާ އެކު--ފޮޓޯ/އެންޑީޓީވީ

ޝަގުން އިތުރަށް ބުނި ގޮތުގައި ރިއަލިޓީ ޝޯތަކުގައި އުޅޭއިރު އިންސާނާގެ އަސްލު މިޒާޖަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގޯރަވް އަކީ އަސްލު ދިރިއުޅުމުގައިވެސް އެކަހަލަ މީހެއްތޯ ބުނަން ނޭނގޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ރޯހިތު ޝެޓީ ހޯސްޓްކުރާ 'ޚަތުރޯން ކޭ ކިލާޅީ' ސީޒަން 15ގައި ކުރީގެ ސީޒަންތަކުގައި ބައިވެރިވި މީހުންނާއި އަލަށް ބައިވެރިވާ މީހުން އެކުގައި ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ސީޒަނުގައި އަލަށް ފެންނަ ތަރިންގެ ތެރޭގައި ގޯރަވް ކަންނާ، ފަރުހާނާ ބަޓް، އަވިނާޝް ގުޖްރާލް، އޮރީ، ރުހާނިކާ ދަވަން އަދި ޝަގުން ޝަރުމާ ހިމެނެއެވެ.

މީގެ އިތުރުން ކުރީގެ ބައިވެރިންގެ ތެރެއިން ކަރަން ވަހީ، ރުބީނާ ދިލައިކް، ރިތުވިކް ދަންޖާނީ، ވިޝާލް އަދިތްޔާ ސިންގް، ޖޭސްމިން ބާސިން އަދި އަވިކާ ގޯރު ވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް