ހިންމަފުށީގެ ބޭރުން ދަގަނޑު ބާޖެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

މީގެ ކުރިން ބަންޑުންޖަހައިލި ކޮޅުވެއްޓިއެއް ---- ފޮޓޯ/ އެމްއެންޑީއެފް

ކ. ހިންމަފުށި ބޭރުން ދަގަނޑު ބާޖެއް އޮޔާދާތީ ސަމާލުވާން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ދަގަނޑު ބާޖެއް އޮޔާދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި ކަމަށެވެ. އަދި ​މި ބާޖު އޮޔާދަނީ ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި މި ބާޖު އޮޔާދާ އިރު އެއްވެސް އަލިކަމެއް ނެތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

​އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ނަމަ، އިތުރަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް