ބޮޑު ސަރަހައްދަކަށް އަނެއްކާ ވެސް ރީނދޫ ސަމާލު ނެރެފި

ވާރޭ ވެހުނު ދުވަހެއްގައި މީހަކު ކުޑަ އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވެ، ވައިގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް, މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މިއީ މެޓް އޮފީހުން މިއަދު ނެރުނު ހަތަރު ވަނަ ރީނދޫ ސަމާލެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މި ސަރަހައްދަށް މި ފަހަރު ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 15:30 އިން ފެށިގެން ރޭގަނޑު 19:30 އާ ހަމައަށެވެ.

މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިރުޝާދުދެއެވެ.

comment ކޮމެންޓް