އިމިގްރޭޝަންގެ ތާރީޚު ދައްކުވައިދޭ "ވޯލްކް އޮފް ލެގަސީ" އިފުތިތާހުކޮށްފި

އިމިގްރޭޝަންގެ ތާރީޚު ދައްކުވައިދޭ "ވޯލްކް އޮފް ލެގަސީ" އިފުތިތާހު ކުރުން-- ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދޭ ދާއިމީ މައުރަޒު، "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތަން އިފުތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު), ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ވޭތުވެދިޔަ ހަތް ދަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތައް ދައްކުވައިދިނުމަށް ގާއިމުކުރި ތަނެކެވެ. މި މައުރަޒުގައި 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ 2020 ގެ އަހަރުތަކާ ހަމައަށް އެ މުއައްސަސާގެ ތާރީޚު ތަރުތީބުން ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން "ފްރޮމް ދަ އާކައިވް" ގެ ނަމުގައި ޚާއްސަ ކުރެވިފައިވާ ބައިގައި، މުއައްސަސާގެ ކުރީގެ ފޮޓޯތަކާއި، އިމިގްރޭޝަންގެ ކުރިއެރުމަށް މަސައްކަތްކުރެއްވި އޮފިސަރުންގެ ހަނދާންތައް ވަނީ ހިމަނާފައެވެ.

މި މައުރަޒުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާވެފައިވާ މިންވަރާއި، މިހާރު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބެން ހުރި ރަށްތައް އަންގައިދޭ ޗާޓެއް ވެސް ހިމެނެއެވެ. އަދި އިމިގްރޭޝަންގެ މައިގަނޑު މަސްއޫލިއްޔަތުތައް ކަމަށްވާ ޕާސްޕޯޓުގެ ޚިދުމަތާއި، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، އިންޓެލިޖެންސް އޮޕަރޭޝަންތަކުގެ އިތުރުން ގާނޫނު ތަންފީޒުކުރުމާއި ވިސާގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ބައިތަކެއް ވަނީ ގާއިމުކޮށްފައެވެ. މި ބައިތަކުން އެ ޚިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ތާރީޚީ މައުލޫމާތުތައް ލިބިގެންދާނެއެވެ.

މުއައްސަސާގެ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމަށް "އެޗީވްމަންޓް ގެލެރީ" އެއް ހިމަނާފައިވާއިރު، މައުރަޒުގެ އެންމެ ފަހު ބައިގައި އަލިއަޅުވާލާފައިވަނީ ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަމުންދާ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ މައްޗަށެވެ. މި ތަން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އިމިގްރޭޝަނަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔާކުރައްވާފައިވާ ބޭފުޅުންނާއި، މުއައްސަސާގައި މެދުނުކެނޑި 28 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަމުންދާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔާޑް) އަޙްމަދު ފަޞީޙް ވިދާޅުވި ގޮތުގައި، ތާރީޚީ ލިޔެކިޔުންތަކާއި އާކައިވް މައުލޫމާތުތައް އެއްކޮށް ސައްހަކަން ކަށަވަރުކުރުމަކީ ބޮޑު މަސައްކަތެކެވެ. އެހެންކަމުން މި މަޝްރޫއު ފުރިހަމަކުރުމަށް މަސައްކަތްކުރި ޓީމުތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ފަޞީޙް އިތުރަށް ވިދާޅުވި ގޮތުގައި، މި މައުރަޒުގެ މައިގަނޑު މަގުސަދަކީ މުއައްސަސާގެ މުއްސަނދި ތާރީޚު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.

މިއީ މޯލްޑިވްސް އިމިގްރޭޝަން މިއަދު ފެންނަން އޮތް ޒަމާނީ ފެންވަރަށް ގެނައުމުގައި އެކި ދުވަސްވަރު މަސައްކަތްކުރެއްވި އޮފިސަރުންނާއި މުވައްޒަފުންގެ އިޚުލާސްތެރި ޚިދުމަތުގެ ހަނދާނުގައި ބިނާކުރެވުނު ތަނެއް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚާއި ހޯދާފައިވާ ކާމިޔާބީތައް ރަމްޒުކޮށްދޭ ދާއިމީ މައުރަޒު ކަމަށްވާ "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ މައި އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ. މިއީ 1950 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެ މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތަކާއި ބަދަލުތައް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު މުހިންމު ބިނާއެކެވެ. މި މައުރަޒުގައި މުއައްސަސާގެ އާކައިވް ފޮޓޯތަކާއި، ޚިދުމަތްތައް ފުޅާވެފައިވާ މިންވަރު އަންގައިދޭ ޗާޓުތަކާއި، ބޯޑަރު ބެލެހެއްޓުމާއި ޕާސްޕޯޓު އަދި ވިސާ ޚިދުމަތުގެ ތާރީޚީ މައުލޫމާތުތައް ފެންނަން ހުރެއެވެ. މީގެ އިތުރުން މުއައްސަސާގެ ކާމިޔާބީތަކާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ދައްކުވައިދޭ ޚާއްސަ ގެލެރީއެއްވެސް މީގައި އެކުލެވިގެންވެއެވެ. މިއީ އިމިގްރޭޝަން ޒަމާނީ ފެންވަރަށް ގެނައުމުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި އޮފިސަރުންގެ އިޚުލާސްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ތައްޔާރުކުރެވުނު ތަނެކެވެ. ```json

  • *މުހިންމު ނުކުތާތައް:**
  • ވެލާނާގޭގައި ހުންނަ އިމިގްރޭޝަން އޮފީހުގައި މި މައުރަޒު ހުޅުވައިދެއްވީ މިނިސްޓަރ ޢަލީ އިޙްސާނެވެ.
  • މި މައުރަޒުން 1950 އިން ފެށިގެން 2020 ގެ އަހަރުތަކާ ހަމައަށް އިމިގްރޭޝަންގެ ތާރީޚު ފެންނަން ހުންނާނެއެވެ.
  • މީގައި އާކައިވް ފޮޓޯތަކާއި، ޚިދުމަތްތައް ފުޅާވެފައިވާ މިންވަރާއި، ޑިޖިޓަލް ކުރިއެރުންތައް ދައްކުވައިދޭ ބައިތައް ހިމެނެއެވެ.
  • މައިގަނޑު މަގުސަދަކީ މުއައްސަސާގެ ތާރީޚު ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމެވެ.
comment ކޮމެންޓް