ކުންފުނިތަކުން 14،000އަށް ވުރެ ގިނަ މީހުން ކަނޑާލާނެ، އޭގެ އަސަރު 50،000 މީހުންނަށް ކުރާނެ: ފައްޔާޒު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ކުންފުނިތަކުން 14،000އަށް ވުރެ ގިނަ މީހުން ކަނޑާލާނެ ކަމަށް ފައްޔާޒު ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ޝާން

މި ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން ކަނޑާލަން އަންގައިފައިވާއިރު، އެ ލަނޑުދަނޑިއަށް ވާސިލުވުމަށް 14،000އަށްވުރެ ގިނަ މީހުން ކަނޑާލަން ޖެހޭނެ ކަމަށާއި އެއީ 50،000އަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެ ކަމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުގައި މަސައްކަތެއް ނެތި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ތިބޭ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. އެގޮތުން ސިޔާސީ ބޭނުމަކަށް 'ވަޒީފާ ބެހުމަށް' އެ ކުންފުނިތައް ބޭނުންކުރާ ކަމުގެ ތުހުމަތު އަމާޒުވެއެވެ.

މި ސަރުކާރުގައި މިދިޔަ އޭޕްރިލް މަހުގެ 18ގައި ފިނޭންސް މިނިސްޓްރީން ވަނީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފައެވެ.

އޭގެ ފަހުން، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސަރުކާރު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، ކުންފުނީގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަންގައިފައެވެ.

https://sun.mv/224795

ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހުގެ 18ގައި ވަނީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފައެވެ.

އެ އެންގުމާ ގުޅޭ ގޮތުން، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓް މަދުކުރުމަށް، 14،733 މީހުން ކަނޑާލަން ޖެހޭނެ ކަމަށެވެ.

ފެނަކަ މުވައްޒަފުންތަކެއް: އެމްޑީޕީން ބުނި ގޮތުގައި ފެނަކައިން 2,607 މީހުން ކަނޑާލަންޖެހޭނެ -- ފޮޓޯ/ ފެނަކަ

"[އެ އަދަދަށް] މީހުން ކަނޑާ، މަގުމައްޗަށް އެއްލާލަނީ، އެއްލާލާއިރުގައި ބައްލަވާ އެއީ ކިތައް މީހުން ބަރޯސާވާ އާމްދަނީ ހޯދާ ބައެއްތޯ؟ ސާދަހާސް މީހުންގެ އާމްދަނީ މަދުވެގެން 50،000 މީހުންގެ ދިރިއުޅުމާ ގުޅުން އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވަނީ އެއީ ރާއްޖޭގެ އާބާދީއާ ބަލާއިރު ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކުރައްވައިފައެވެ. އަދި މި ސަރުކާރުގައި މުވައްޒަފުން ކަނޑާ އަދަދަށް ބަލާއިރު، މުވައްޒަފުން ބައިތިއްބަނީ ނިމުނު އެމްޑީޕީ ސަރުކާރުގައި މުވައްޒަފުން ތިބި އަދަދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބޭފުޅުން އޭރު ވާހަކަ ދައްކަމުން އައީ އަޅުގަނޑުމެންގެ ސަރުކާރުގައި އެކްސެސިވްކޮށް މީހުންނަށް ވަޒީފާ ދިނީ ކަމަށް. އެކަމަކު މިއަދު އެ ބޭފުޅުން ރައިޓްސައިޒް ކުރާއިރުގައި މިދަނީ އަޅުގަނޑުމެންގެ ސަރުކާރުގައި އެސްއޯއީތަކުގައި ހުރި ވަރަށް
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، އެކަމުން ދޭހަވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވެފައިވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ފަހުގައި ކަމަށެވެ.

މީގެ އިތުރުން އެސްއޯއީތަކުގައި މުވައްޒަފުން މާ ބޮޑަށް އިތުރުވީ ސަބަބަކީ ކޮބައިތޯ ޕީސީބީން ބަލާތޯ ފައްޔާޒު ސުވާލު އުފެއްދެވިއެވެ. އަދި އެކަމުގައި އިހުމާލުވެފައިވާ ބަޔަކަށް ފިޔަވަޅު އަޅަން އޭނާ ގޮވާލެއްވިއެވެ.

ހަމައެއާއެކު، މުވައްޒަފުން ކަނޑަން އެންގިއިރު، ސަރުކާރު ކުންފުނިތަކުގެ ހާލަތު ޕީސީބީން ބަލައިފައިވޭތޯ އާއި އެފަދަ އެއްވެސް ބެލުމެއް ބަލައިފައިވޭތޯ ވެސް ފައްޔާޒު ސުވާލު އުފެއްދެވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި, "ބޮޑު ބަދަލު" އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ ޙަސަން ލަތީފު ވަނީ، ކުންފުނިތަކުން ކަނޑާލާ މުވައްޒަފުންގެ އަދަދުތަކުގެ އަންދާޒާތަކެއް ހިއްސާކުރައްވައިފައެވެ. އެގޮތުން އެސްޓީއޯގެ 7,100 މުވައްޒަފުންގެ ތެރެއިން 1,353 މީހުން ކަނޑާލަންޖެހޭނެ ކަމަށާއި، ފެނަކައިގެ 7,900 މުވައްޒަފުންގެ ތެރެއިން 2,607 މީހުން ކަނޑާލަންޖެހޭނެ ކަމަށާއި އެމްއޭސީއެލްގެ 7,290 މުވައްޒަފުންގެ ތެރެއިން 1,980 މީހުން ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުދި ކުންފުނިތަކަށް އަންނާނެ ބަދަލުތަކަށް ބަލާއިރު، ޙައްޖު ކޯޕަރޭޝަންގެ 46 މުވައްޒަފުންގެ ތެރެއިން 15 މީހުން ވަކިކުރަންޖެހޭނެ ކަމަށާއި މޯލްޑިވްސް ޕޯސްޓްގެ 310 މުވައްޒަފުންގެ ތެރެއިން 102 މީހުން ވަކިކުރަން ޖެހޭނެ ކަމަށް ޙަސަން ވިދާޅުވިއެވެ.

https://sun.mv/223527

މިދިޔަ އޭޕްރިލް މަހު، އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 42،000 މުވައްޒަފުންނެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ކުންފުނިތަކުން ވަނީ މުވައްޒަަފުން އަމިއްލައަށް ވަކިވާން ހިތްވަރުދިނުމަށް ޕެކޭޖުތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އެޗްޑީސީއާއި ފެނަކަ ހިމެނެއެވެ.

comment ކޮމެންޓް