އެމްޑީޕީގެ ޖަލްސާތައް ހުށަހަޅާ މެންބަރު އަންވަރު ކޯޓަށް ހާޒިރު ކުރަން ވެގެން ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުމަށް ފުލުހުން ހޯދަމުންދާ އަންވަރު --- ފޮޓޯ: ފުލުހުން

އެމްޑީޕީގެ ޖަލްސާތައް ހުށަހަޅާ އަންވަރު އިބްރާހީމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުން ހޯދަން ފަށައިފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަންވަރަކީ އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސެވެ.

ފުލުހުން މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އަންވަރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް --- ފޮޓޯ: އެމްޑީޕީ

ފުލުހުން ވަނީ ބަންދުގައި ބަހައްޓައިގެން އަންވަރު މާދަމާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން އަންވަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަމްބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަންވަރަކީ އެމްޑީޕީގައި ވަރަށް އެކްޓިވްކޮށް މަސައްކަތް ކުރަމުންދާ ފަރާތެކެވެ. އޭނާ ގިނައިން ފެންނަނީ އެ ޕާޓީގެ ޖަލްސާތައް ހުށަހަޅައިދިނުމުގައެވެ. އަދި މީގެ އިތުރުން މަގުމަތީގައި އެ ޕާޓީގެ ފަރާތުން ކުރިއަށްގެންދާ އިހުތިޖާޖުތަކުގައި ވެސް އޭނާއަކީ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެކެވެ.

comment ކޮމެންޓް