އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޓްރޮޕިކަލް ގޭމް ސެންޓަރުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޓްރޮޕިކަލް ގޭމް ސެންޓަރުން 20 އިންސައްތައާ ހަމައަށް ހާއްސަ ޑިސްކައުންޓެއް --- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޓްރޮޕިކަލް ގޭމް ސެންޓަރުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓެއް ދޭން ފަށައިފިއެވެ.

އުރީދޫން ބުނީ މީގެ ސަބަބުން ކަސްޓަމަރުންގެ ގޭމިން ތަޖުރިބާތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.

އެގޮތުން ކްލަބް ޕްރިމިއާގެ މެންބަރުންނަށް ޓްރޮޕިކަލް ގޭމް ސެންޓަރަށް ޒިޔާރަތްކޮށް އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށާއި ރައްޓެހިންނާ އެކު ގޭމްތައް ކުޅެ މަޖާކޮށްލުމަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މި ޑިސްކައުންޓް ހޯދުމަށް ޓަކައި ކަސްޓަމަރުން ޓްރޮޕިކަލް ގޭމް ސެންޓަރުން ޚިދުމަތް ހޯދުމަށް ފަހު ފައިސާ ދެއްކުމުގެ ކުރިން އުރީދޫ އެޕްއިން ކްލަބް ޕްރިމިއާ ކާޑު ދައްކާލަން ޖެހޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މިއީ ހަމައެކަނި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ކްލަބް ޕްރިމިއާގެ މެންބަރުންނަށް އެކި ދާއިރާތަކުން ޚާއްސަ އިނާޔަތްތަކާއި ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހޯދައިދިން ފުރުސަތެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫ ކްލަބް ޕްރިމިއާއަކީ ޝަރުތު ހަމަވާ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އުރީދޫގެ ޕާޓްނާ ވިޔަފާރިތަކުން ގިނަ އިނާޔަތްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ޚާއްސަ ހުށަހެޅުންތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

ކްލަބް ޕްރިމިއާއާ ބެހޭ އިތުރު މަޢުލޫމާތާއި މެންބަރުންނަށް ލިބޭ އެންމެ ފަހުގެ ޚާއްސަ ހުށަހެޅުންތައް، އުރީދޫ އެޕް ނުވަތަ އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާއިން ފެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް