އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގެ ޝަރީއަތް ފަށައިފި

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުން

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ޑޮލަރުތަކެއް ފޭރިގެން މައްސަލައިގެ ޝަރިއަތް މިއަދު ފަށައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ޓާރމިނަލް އެކެއްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅީ މިދިޔަ ފެބްރުވަރީ މަހެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުން އަދި ދައުވާތަކުގެ ތަފްސީލް:

1- ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު

އަހްމަދު މާހިދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާއާއި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ އަދި މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.

2- ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް

އަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާ އަދި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

3- ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު.

އަބްދުލްއައްވަން އަބޫބަކުރުގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

4- ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު

5- ލ. މާވައް، ރޭޝަމް، މާޒިން މޫސާ

6- މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް

7- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް

8- ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާން

މި ހަތަރު މީހުންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

އެ ފައިސާ ފޭރިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27ގެ 4:15 އެހައިކަށްހައިއިރެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އެއާޕޯޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، ގެންދިޔަ ސޫޓް ކޭހުންވަނީ -/4,900 ޔޫރޯއާއި، -/1,735 ޕައުންޑާއި، -/2,610 ސިންގަޕޯ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 ޔޫއެސް ޑޮލަރާއި، -/23,778 ދިވެހި ރުފިޔާއާއި، -/25,000 އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން، ފޭރިގެންފައެވެ.

އެ ފައިސާ ސޫޓް ކޭހަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއާޕޯޓް ޓާމިނަލްގެ ގޭޓް އެކެއްގެ ކުރިމަތީގައި ތިއްބައި، އެ މީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެގެން ލޯންޗެއްގައި ފުރައިގެން ދިޔައީ މާލެ އަތޮޅު ހުރާއަށެވެ. ފުލުހުންވަނީ ފަހުން އެ ލޯންޗު ވެސް ހޯދާފައެވެ.

މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ކުރިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތާވީސް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ސޫޓްކޭހެއް، ތޫނު ހަތިޔާރުން ބިރުދެއްކުމަށްފަހު ފޭރިގަތް މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. މި މައްސަލައިގައި ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ފޭރުމުގެ ކުށާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި، އަދި މި ކުށްތަކުގައި ބައިވެރިވުމުގެ ދައުވާ ހިމެނެއެވެ. މި ހާދިސާ ހިނގާފައިވަނީ އެއާޕޯޓުގެ ޓާމިނަލް އެކެއްގެ ގޭޓް ކުރިމަތީގައި ކަމަށްވާއިރު، ކުށްވެރިން ފިލަން ބޭނުންކުރި ލޯންޗު މާލެ އަތޮޅު ހުރާއިން ފުލުހުން ވަނީ ހޯދާފައެވެ. ބޭންކަށް ލިބުނު ބޮޑު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުން ވަނީ އެދިފައެވެ.

  • ފޭރުމުގެ އަމަލު ހިންގާފައިވަނީ އެއާޕޯޓުގެ ޓާމިނަލް އެކެއްގެ ކުރިމަތީގައި ބޭންކުގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދެއްކުމަށްފަހު، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް އަތުލައިގެންނެވެ.
  • މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުމަދު މާހިދު، އަލީ އަފްޒަލް، އަބްދުލްއައްވަލް އިބްރާހީމް، ހުސައިން ޝަހުދު، މާޒިން މޫސާ، އަހުމަދު ރައިހާން، އިބްރާހީމް އަނޫފް އަދި އިސްމާއީލް ސިރްހާންގެ މައްޗަށެވެ.
  • ފޭރިގަތް ފައިސާގެ ތެރޭގައި އެއްލައްކަ ހަހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި، ޔޫރޯ، ޕައުންޑް، ސިންގަޕޫރު ޑޮލަރު އަދި ދިވެހި ރުފިޔާ ފަދަ ތަފާތު ބާރަ ގައުމެއްގެ ފައިސާ ހިމެނެއެވެ.
  • ފައިސާ ފޭރިގަތުމަށްފަހު ކުށްވެރިން ލޯންޗެއްގައި ފިލައިގެން ދިޔައީ މާލެ އަތޮޅު ހުރާއަށެވެ. ފަހުން ފުލުހުން ވަނީ އެ ލޯންޗު ހޯދައި ތަހުގީގު ފަށާފައެވެ.
  • މި ބޮޑު ޖަރީމާގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓުގައި ރަސްމީކޮށް އެދިފައެވެ.
  • ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ.
  • ފޭރުމުގެ އަމަލު ހިންގުމަށްފަހު ކުށްވެރިން ކަނޑުމަގުން ފިލާފައިވާތީ، އެއާޕޯޓުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ މުހިންމުކަން މި ހާދިސާއިން ދައްކުވައިދެއެވެ.
  • ތޫނު ހަތިޔާރު ބޭނުންކޮށްގެން އާންމު ތަނެއްގައި މިފަދަ ބޮޑު ކުށެއް ހިންގުމަކީ ގައުމުގެ އަމަންއަމާންކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
  • އެކި ފެންވަރުގައި ބައިވެރިވި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވުމުން، މިއީ ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން ކަށަވަރުވެއެވެ.
comment ކޮމެންޓް