'މުންނާ ބާއީ'ގެ ތިން ވަނަ ފިލްމުގެ މަސައްކަތް ވަނީ ފެށިފައި: ރާޖްކުމާރު ހިރާނީ

ފިލްމު "މުންނާ ބާއި އެމްބީބީއެސް"ގެ މަންޒަރެއްގައި ސަންޖޭ ދަތު، އަރުޝަދު ވާރްސީ އަދި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ 23 އަހަރު ކުރިން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "މުންނާ ބާއި އެމްބީބީއެސް"ގެ ތިން ވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ބުނެފިއެވެ.

ރާޖްކުމާރުގެ އަލަތު ވެބް ސީރީސް "ޕްރީތަމް ޕެޑްރޯ" އިޝްތިހާރު ކުރުމަށް އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ހިރާނީ ހާމަކުރި ގޮތުގައި، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފްރެންޗައިޒްގެ ތިންވަނަ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް އޭނާގެ ޓީމުން މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ބޮލީވުޑްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަވާބު ނުލިބި އޮތް ސުވާލަކަށް ވެސް ހިރާނީ ވަނީ ޖަވާބު ދީފައެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ޓީޒާއަކާ އެކު އިއުލާންކުރި 'މުންނާ ބާއީ ޗަލޭ އެމެރިކާ'އަށް ވީގޮތެވެ.

'އެ ޓީޒާ އުފެއްދީ ވަރަށް ކުރީކޮޅު، އޭރު އަދި ސްކްރިޕްޓް ލިޔެ ނުނިމޭ. އެ ދުވަސްވަރު ވިނޯދު ޗޯޕްރާ އެހެން ފިލްމެއް އުފައްދަމުން ދިއުމާ ގުޅިގެން ބޭނުންވީ ، ކުރިއަށް އޮތް ފިލްމުގެ ޓީޒާއެއް ނެރެން. އަހަރެމެން އޭރުވެސް ދިޔައީ ސްކްރިޕްޓް ލިޔަމުން. އެހެންވެ މުންނާ އާއި ސާކިޓް އެމެރިކާއަށް ދާ ގޮތަށް ޓީޒާ ތައްޔާރުކުރީ. އެކަމަކު އެ ސްކްރިޕްޓް އެއްގޮތަކަށްވެސް ނިންމައެއް ނުލެވުނު. މިހާރުވެސް އަހަރެމެން މިދަނީ ބައެއް ސްކްރިޕްޓްތަކުގެ މަސައްކަތް ކުރަމުން،" ހިރާނީ ކިޔައިދިނެވެ.

ރާޖް އުފައްދާ ސައިބް ކްރައިމް ޑްރާމާ "ޕްރީތަމް ޕެޑްރޯ"ގެ މަންޒަރެއްގައި ވީރް ހިރާނީ އަދި އަރުޝަދު ވާރްސީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "މުންނާ ބާއީ"ގެ ދެ ފިލްމު މިހާތަނަށް ގެނެސްދީފައިވާއިރު އެ ފްރެންޗައިސްގައި ގެނެސްދިން 'މުންނާ އާއި ސާކިޓް' ކެރެކްޓާއަށް މިހާރުވެސް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް ރާޖްކުމާރު ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އަހަރުތަކެއް ކުރިން ފިލްމު "ލަގޭ ރަހޯ މުންނާ ބާއީ"ގެ މަންޒަރުތަކެއް މެރިން ޑްރައިވްގައި ޝޫޓްކުރި ދުވަސްވަރުގެ ހަނދާން އާކުރަމުން ކުޅަދާނަ ޑައިރެކްޓަރު ބުނީ، 'މުންނާ އާއި ސާކިޓް' ދެކިލަން އެ ދުވަހު އެ ސަރަހައްދައަށް ލައްކައަކަށްވުރެ ގިނަ މީހުން އެއްވި ކަމަށެވެ.

ރާޖްކުމާރު ޕްރޮޑިއުސްކޮށް އަމިއްލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސައިބް ކްރައިމް ޑްރާމާ "ޕްރީތަމް ޕެޑްރޯ" ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ. މި ވެބް ސީރީޒް ޕްރީމިއާ ކުރާނީ ޖިއޯހޮޓްސްޓާ މެދުވެރިކޮށެވެ.

މީގެ ތޭވީސް އަހަރު ކުރިން ނެރުނު ކާމިޔާބު ފިލްމު "މުންނާ ބާއީ އެމްބީބީއެސް" ގެ ތިންވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާގެ އާ ވެބް ސީރީޒް "ޕްރީތަމް ޕެޑްރޯ" ޕްރޮމޯޓްކުރުމަށް އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ މި އާ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަރުހަލާއެވެ. މީގެ އިތުރުން، ކުރިން އިއުލާންކުރި "މުންނާ ބާއީ ޗަލޭ އެމެރިކާ" ނުނެރެވުނީ އޭގެ ސްކްރިޕްޓް ފުރިހަމަނުކުރެވުމުގެ ސަބަބުންކަން އޭނާ ފާހަގަކުރިއެވެ. އޭރު ޓީޒާ ނެރުނީ އެހެން ފިލްމަކާއެކު ދެއްކުމުގެ ބޭނުމުގައެވެ. އާންމުންގެ ފަރާތުން މުންނާ އަދި ސާކިޓްގެ ކެރެކްޓާއަށް ލިބެމުންދާ މެދުނުކެނޑޭ ތަރުހީބަށް އޭނާ ވަނީ ޝުކުރުއަދާކޮށްފައެވެ.

  • މުންނާ ބާއީގެ ތިންވަނަ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ހިރާނީގެ ޓީމުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
  • "މުންނާ ބާއީ ޗަލޭ އެމެރިކާ" ގެ ޓީޒާ ނެރުނީ ސްކްރިޕްޓް އެއްކޮށް ނުނިމެނީހެވެ.
  • މުންނާ އާއި ސާކިޓް ދެކިލުމަށް ލަގޭ ރަހޯ މުންނާ ބާއީގެ ޝޫޓިންގް ސަރަހައްދަށް ލައްކައަކަށްވުރެ ގިނަ މީހުން ކުރިން ޖަމާވިއެވެ.
  • ހިރާނީ ޕްރޮޑިއުސްކުރާ އާ ސައިބާ ކްރައިމް ޑްރާމާ "ޕްރީތަމް ޕެޑްރޯ" އަންނަ މަހުގެ ތިންވަނަ ދުވަހު ޖިއޯހޮޓްސްޓާ އިން ޕްރީމިއާ ކުރާނެއެވެ.
  • ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފްރެންޗައިޒްއެއް އަލުން ފެށުމަށް ތައްޔާރުވުން.
  • ފިލްމެއްގެ މަސައްކަތް ފެށުމުގެ ކުރިން ސްކްރިޕްޓް ފުރިހަމަ ކުރުމަށް ޑައިރެކްޓަރު ދޭ އަހައްމިއްޔަތުކަން.
  • އާ ވެބް ސީރީޒްއާއެކު ރާޖްކުމާރު ހިރާނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ތައާރަފުވުން.
comment ކޮމެންޓް