ރާއްޖޭގެ ސިޔާސީ މަސްރަހާއި ކުރިމަގާ ގުޅޭ ގޮތުން އެމްބެސެޑާ ޗޮއީ، އެމްޑީއޭގެ ރައީސާ މަޝްވަރާކުރައްވައިފި

އެމްބެސެޑާ ޗޮއީ، އެމްޑީއޭގެ ރައީސާ ބައްދަލުކުރައްވަނީ: ރާއްޖޭގެ ސިޔާސީ މަސްރަހާއި ކުރިމަގާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެެއްވި --

ރާއްޖޭގެ ސިޔާސީ މަސްރަހާއި، ތަރައްގީ އަދި އިގްތިސޯދީ ގޮތުން ރާއްޖެއަށް ފައިދާ ހުރި ކަންތައްތަކާ ގުޅޭ ގޮތުން ދެކުނު ކޮރެއާގެ އެމްބެސެޑާ ޖޮން-މޫން ޗޮއީ، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ދުވަސްވީ ގުޅުން ފާހަގަކުރައްވައި، ދެ ގައުމު އެކުގައި މަސައްކަތް ކުރެވެން ހުރި ފުރުސަތުތައް ދެނެގަނެ، ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ބިނާކުރަނިވި މަޝްވަރާތައް އިތުރުކޮށް، މިހާރަށް ވުރެ ވެސް އިތުރަށް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ވަނީ ދެއްވައިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާއި، ތަރައްގީގެ މަޝްރޫއުތަކާއި، އިގްތިސޯދީ ގޮތުން ރާއްޖެއަށް ފައިދާ ހުރި ކަންތައްތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި އިކޮނޮމިކް އެމްޕަވާމަންޓް، ސޯޝަލް ވެލްފެއާ, ރީޖަނަލް ޑިވެލޮޕްމަންޓްސް، ޖަސްޓިސް އެންޑް އީކުއެލިޓީ ހިމެނެއެވެ.

ހަމައެއާއެކު ކޮރެއާގެ ފަރާތުން ރާއްޖެއަށް ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ވެސް އެމްބެސެޑާ ޗޮއީ މި ބައްދަލުކުރެއްވުމުގައި ސާފުކުރެއްވިއެވެ.

އެމްބެސެޑާ ވަނީ އެމްޑީއޭގެ ރައީސް، ސިޔާސީ ގޮތުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރެއްވައިފައެވެ. އަދި ވަކިން ޚާއްސަކޮށް ގައުމުގެ އިގްތިސޯދު ކުރިއެރުވުމުގައި އެމަނިކުފާނުގެ ވިޔަފާރި ތެރެއިން އަދާކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ވަރަށް ބޮޑު ތައުރީފެއް އެމްބެސެޑާ ވަނީ ކުރައްވައިފައެވެ.

އެމްބެސެޑާ ޖޮން-މޫން ޗޮއީ އަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިގްތިސޯދީ ސަލާމަތީ ކަންކަމާއި، ބޭރުގެ އިންވެސްޓްމަންޓްތަކުގެ އިތުރުން ޖިއޯ-ޕޮލިޓިކަލް އަދި ޖިއޯ-ޓެކްނޮލޮޖިކަލް ރިސްކްތައް ދެނެގަތުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވުމަށް ފަހު، އެމްބެސެޑާ ޗޮއީ ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސެކަންޑް ވައިސް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ފަރަންސޭސިވިލާތާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.

މިހާރު އޭނާ މަސައްކަތްކުރައްވަމުން ގެންދަވަނީ 'ޔޫން އެންޑް ޔަންގް އެލްއެލްސީ' ގެ ސީނިއާ ކޮންސަލްޓެންޓެއްގެ ގޮތުގައެވެ.

އެމްބެސެޑާ ޗޮއީ އަކީ ކޮރެއާ-އާސިއާން ގުޅުންތަކާއި، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، އަދި ބައިނަލްއަގްވާމީ ފެންވަރުގެ މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ، ޚާރިޖީ ގުޅުންތަކުގެ ދާއިރާއިން ފުންނާބު އުސް ބޭފުޅެކެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ވަނީ ދެނެގަނެފައެވެ. މީގެ ތެރޭގައި އިގުތިސޯދީ ބާރުވެރިކުރުވުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި، ސަރަހައްދީ ތަރައްގީގެ އިތުރުން އަދުލުއިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ މައްޗަށް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. ހަމައެހެންމެ، ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާމެދު ސަފީރު ވަނީ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. ސިޔާސީ އަދި އިގުތިސޯދީ ރޮނގުން އެމްޑީއޭގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަފީރު ވަނީ ތައުރީފުކުރައްވައިފައެވެ. ސަފީރު ޖޮން-މޫން ޗޮއީއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، ޚާރިޖީ ގުޅުންތަކުގެ އިތުރުން އިގުތިސޯދީ ސަލާމަތީ ކަންކަމުގައި ސާޅީސް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

  • ރާއްޖޭގެ ތަރައްގީއާއި ސިޔާސީ މަސްރަހާ ގުޅޭގޮތުން އެމްޑީއޭގެ ރައީސާއި ކޮރެއާގެ ސަފީރު މަޝްވަރާކުރެއްވުން.
  • އިގުތިސޯދީ ބާރުވެރިކުރުވުމާއި އިޖުތިމާއީ ރައްކާތެރިކަންފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވެވަޑައިގަތުން.
  • ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮރެއާއިން ދޭ އަހައްމިއްޔަތުކަން ސަފީރު ހާމަކުރެއްވުން.
  • އެމްޑީއޭގެ ރައީސް ގައުމުގެ އިގުތިސޯދަށް ކޮށްދެއްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ސަފީރު ތައުރީފުކުރެއްވުން.
  • ސަފީރު ޖޮން-މޫން ޗޮއީއަކީ ޚާރިޖީ އަދި އިގުތިސޯދީ ދާއިރާއިން ސާޅީސް އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފުންނާބުއުސް ބޭފުޅެއްކަން.
comment ކޮމެންޓް