މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޕްރޮމޯޝަނަލް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ހުޅުވައިގެން ބޮޑު ރޭޓުގައި ފައިދާ ހޯދުމުގެ ފުރުސަތު، ޖުލައި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.
އެމްއައިބީން ބުނިގޮތުގައި މި އޮފާގައި ހާއްސަ އެޓްރެކްޓިވް ރޭޓުތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވައިގެން ކުރާ ޔޫއެސް ޑޮލަރު ޑިޕޮސިޓްތަކަށް 4.0 ޕަސެންޓްގެ އަންދާސީ ފައިދާގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ދިވެހި ރުފިޔާ ޑިޕޮސިޓްތަކަށް 3.5 ޕަސެންޓްގެ އަންދާސީ ފައިދާގެ ރޭޓެއް އެމްއައިބީން ވަނީ ކަނޑައަޅާފައެވެ.
މި ޚާއްސަ އިންޑިކޭޓިވް ޕްރޮފިޓް ރޭޓުތަކުގެ ބޭނުން ހިފުމަށްޓަކައި ކަސްޓަމަރުން އަންނަ މަސް ނިމުމުގެ ކުރިން އެކައުންޓް ހުޅުވައި، ފައިސާ ޖަމާކޮށް ނިންމަން ޖެހޭނެއެވެ. މި މުއްދަތަކީ މި އޮފާގެ އެންމެ ފަހު ސުންގަޑި ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.
ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވުމުގެ ފުރުސަތު އެމްއައިބީން ވަނީ ކަސްޓަމަރުންނަށް ވަރަށް ލުއިފަސޭހަކޮށްދީފައެވެ. އެގޮތުން ބޭންކުން ލިބެން ހުރި ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެއެވެ.
މީގެ އިތުރުން، އެންމެ ކައިރީގައި ހުރި އެމްއައިބީގެ ބްރާންޗަކަށް ޒިޔާރަތްކޮށްގެން ވެސް މި ޚާއްސަ ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވުމުގެ އިންތިޒާމު ވަނީ އެ ބޭންކުން ހަމަޖައްސާފައެވެ.
މިއީ ރައްކާކުރާ ފައިސާއަށް އިސްލާމީ އުސޫލުތަކުގެ ތެރެއިން އެކަށީގެންވާ ރަނގަޅު ފައިދާއެއް ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.