މޭރީ މަރާލުމުގައި ބައިވެރިވިކަން ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން-- އެ ދެ މީހުންގެ މައްޗަށް މަރުގެ ދައުވާ ވަނީ އުފުލައިފައި--

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަން, ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެއެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލަ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް މިއަދު ސާބިތުވެފައިވާއިރު، އޭނާގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ސާބިތުވީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މާވިން އާއި ލަމްހާގެ މައްޗަށް ވެސް އަދަބު ކަނޑައެޅުން އޮތީ އެހެން ދުވަހެއްގައި ބާއްވާ ގޮތަށެވެ.

https://www.sun.mv/223710

މޭރީ މަރާލުމުގުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވި ލަމްހާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން ހުށަހެޅިއެވެ. އައިޖީއެމްއެޗްގައި ބޭނުންކުރަން ގެނެސްފައި ހުރި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނިގެންވެސް ދައުލަތުން ހެކި ހުށަހެޅިއެވެ.

ލަމްހާގެ ދިފާއުގައި ލަމްހާގެ ފަރާތުން ހުށަހެޅީ 11 މީހުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމާއި އެ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ އަލީ ޝާން އާއި ޑެޕިއުޓީ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް އާއި މޭރީގެ ޕޯސްޓްމޯޓަމް ހެދި ބޭރުގެ ދެ ޑޮކްޓަރުންނާއި ލަމްހާ ދިރިއުޅުނު ގޭގެ ބައެއް މީހުން ހިމެނެއެވެ. އަދި ތަހުގީގަށް ލަމްހާ އުޅުނު ގެ ފާސްކުރި ދެ ފުލުހަކާއި ނޫހެއްގައި ޝާއިއުކުރި އިންޓަވިއުއަކާ ގުޅިގެން ނޫސްވެރިއަކާއި އިތުރު މީހަކު ވެސް ހިމެނެއެވެ.

މާވިންގެ މައްޗަށް އިއްވި ހުކުމުގައި މިއަދު ބުނެފައިވަނީ ޕިލިޕީސްގައި ކައިވެނިކޮށްގެން ހުރެ އިތުުރު ކައިވެންޏެއް ނުކުރެވޭތީ އެކަމާ މެދު މާވިންއާއި އޭނާގެ ލޯބިވެރިޔާ، ލަމްހާއާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން އެ ދެ މީހުންގެ ޗެޓުތަކުން އެނގޭ ކަމަށެވެ.

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހަކު މަރާލުމަށް ރޭވިކަމުގެ ތުހުމަތުގައި ލަމްހާ އެންމެ ފުރަތަމަ ހައްޔަރު ކުރީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އޭގެ ފަހުން ލަމްހާ އެކި ފަހަރު މަތިން ބަންދުން ދޫކޮށްލިއެވެ. ލަމްހާ ދޫކޮށްލުމުން އެ މައްސަލަ އެކި ފަހަރު މަތިން ސުޕްރީމް ކޯޓާއި ހަމައަށްވެސް ދިޔައެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހެވެ.

މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި ވާއިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރިއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.

މޭރީ މަރާލުމުގެ އަމަލުގައި ބައިވެރިވިކަން ލަމްހާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މި މައްސަލައިގެ ޝަރީއަތުގައި ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކަށް ރިއާޔަތްކޮށް، ކޯޓުން ވަނީ އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މި ހާދިސާއަކީ މުޅި މުޖުތަމައުގެ ސަމާލުކަން ލިބިފައިވާ ބޮޑު މައްސަލައަކަށް ވާއިރު، ކޯޓުގެ މި ނިންމުމާއެކު މައްސަލައިގެ އިތުރު ތަފްސީލުތައް ފަހުގެ ވަގުތެއްގައި ހާމަކުރެވިގެންދާނެއެވެ. އިންސާފު ގާއިމުކުރުމުގެ މަރުހަލާގައި މިއީ މުހިންމު ނިންމުމެކެވެ.

  • މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ޝަރީއަތަށް ސާބިތުވެއްޖެ.
  • ކޯޓުން ވަނީ ހެކިތަކުގެ މައްޗަށް ބިނާކޮށް ހުކުމް ކަނޑައަޅާފައި.
  • މައްސަލައިގެ އިތުރު ތަފްސީލުތައް ކަމާބެހޭ ފަރާތްތަކުން އާންމުކުރާނެ.
  • މިއީ އިންސާފު ގާއިމުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް.
comment ކޮމެންޓް