ސަމަންތާ މަންމައަކަށް ވަނީ؟

ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ސަމަންތާ އަދި ފިރިމީހާ، ޑައިރެކްޓަރު ރާޖް ނިދިމޯރޫ--ފޮޓޯ/އެންޑީޓީވީ

ދެކުނު އިންޑިއާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ސަމަންތާ ރޫތު ޕްރަބޫ އަލަތު ދަރިފުޅަށް ބަލިވެއިންކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

ސަމަންތާ އާއި ފިރިމީހާ ރާޖް ނިދިމޯރޫއަށް ކުއްޖަކު ލިބެން އުޅޭކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ރިލީޒްކުރި ބަތަލާގެ ފިލްމު "މާ އިންޓީ ބަންގާރަމް" ފިލްމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން ސަމަންތާ ބަނޑުބޮޑުކަމަށް ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.

މި ވީޑިއޯ އާއްމުވުމާ އެކު ސަމަންތާ އަލަތު ދަރިފުޅަށް ބަލިވެއިންކަމުގެ ހަބަރު އިންޑިއާގެ ނޫސްތަކަށް އަރަން ފަށައި ގިނަ ބަޔަކު ވަނީ އެ ދެމަފިރިންނަށް ހެޔޮއެދުންތައް ފޮނުވަން ފަށާފައެވެ.

ސަމަންތާ އާއި ރާޖް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ކޮއިމްބަތޫރުގެ އިޝާ ފައުންޑޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސަމަންތާ އާއި ރާޖްގެ ކައިވެނީގެ ހަފްލާގައި ނަގާފައިވާ ބައެއް ފޮޓޯތައް--ފޮޓޯ/އެންޑީޓީވީ

ސަމަންތާ އާއި ރާޖްގެ ލޯބީގެ ގުޅުން ފެށުނީ އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން މަޝްހޫރު ވެބް ސީރީސް "ދަ ފެމިލީ މޭން 2"ގައި މަސައްކަތްކުރި ދުވަސްވަރުއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ދަ ފެމިލީ މޭން" އަކީ ރާޖް ޑައިރެކްޓަރެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރާ ފްރެންޗައިސްއެކެވެ.

ސަމަންތާ ބަލިވެއިން ހަބަރު މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީފައި ނެތް ނަމަވެސް ދެމަފިރިންނާ ގާތްގުޅުމެއް އޮންނަ ފަރާތަކުން އެ ހަބަރު އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީއަށް ޔަގީންކޮށްދީފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

ދެކުނު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ސަމަންތާ ރޫތު ޕްރަބޫ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއިންކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ހަބަރު ފެތުރިގެން ދިޔައީ އޭނާގެ އެންމެ ފަހުގެ ފިލްމު "މާ އިންޓީ ބަންގާރަމް" ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގައި ނަގާފައިވާ ވީޑިއޯއަކުން އޭނާ ބަނޑުބޮޑުކަމަށް ފެންނަން ހުރުމާ ގުޅިގެންނެވެ. މި ވީޑިއޯ އާންމުވުމާއެކު، ސަމަންތާ އަދި އޭނާގެ ފިރިމީހާ ރާޖް ނިދިމޯރޫއަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. މި ދެމަފިރިން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮއިމްބަތޫރުގެ އިޝާ ފައުންޑޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދިފައިވަނީ މަޝްހޫރު ވެބް ސީރީސްގެ މަސައްކަތުގެ ތެރެއިންނެވެ. މިކަން ރަސްމީކޮށް ދެމަފިރިން ހާމަކޮށްފައި ނުވި ނަމަވެސް، ގާތް ފަރާތްތަކުން ވަނީ މި ހަބަރުގެ ސައްހަކަން ކަށަވަރުކޮށްދީފައެވެ.

  • ސަމަންތާ ބަލިވެއިންކަން ހާމަވީ އޭނާގެ ފިލްމެއްގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ.
  • ސަމަންތާ އާއި ރާޖް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮއިމްބަތޫރުގެ އިޝާ ފައުންޑޭޝަނުގައެވެ.
  • މި ދެމަފިރިންގެ ލޯބީގެ ގުޅުން ފެށުނީ މަޝްހޫރު ވެބް ސީރީސް "ދަ ފެމިލީ މޭން 2" ގެ މަސައްކަތުގެ ތެރެއިންނެވެ.
  • ރަސްމީކޮށް މިކަން އިއުލާނު ނުކުރި ނަމަވެސް، ގާތް ފަރާތަކުން ވަނީ މީޑިއާއަށް މިކަން ޔަގީންކޮށްދީފައެވެ.
  • ބަތަލާގެ ހާލަތު ދެނެގަނެވުނީ އާންމުވި ވީޑިއޯއެއްގެ ޒަރީއާއިންނެވެ.
  • އާންމުންނާއި ސަޕޯޓަރުންގެ ފަރާތުން ހެޔޮއެދުންތައް އަންނަނީ ލިބެމުންނެވެ.
  • އިންޑިއާގެ އިތުބާރުހުރި ނޫސްތަކުން މި ހަބަރު ވަނީ ކަށަވަރުކޮށްފައެވެ.
comment ކޮމެންޓް