ދިއާ މިރްޒާ އާއިލާއާ އެކު ރާއްޖޭގައި

ދިއާ މިރްޒާ ފިރިމީހާ ވައިބާވް ރޭކީއާ އެކު ރާއްޖޭގައި--ފޮޓޯ/ އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ދިއާ މިރްޒާ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ބެލެވޭ ގޮތުގައި ދިއާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ދިއާ ވަނީ ފިރިމީހާ ވައިބާވް ރޭކީ އަދި އަލަތު ދަރިފުޅު އަވްޔާން އާޒާދު ރޭކީއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މީގެކުރިންވެސް އެކިފަހަރު މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ބަތަލާގެ އާއިލާ މިފަހަރުގެ ދަތުރުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ގއ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ދަ ހެލްސިއޯން ޕްރައިވެޓް އައިލްސް މޯލްޑިވްސްގައެވެ.

މި ރިސޯޓުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ދިއާ ވަނީ އަމިއްލަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައެވެ.

ދިއާ އެންމެފަހުން ރާއްޖެއަށް އައީ 2021 ވަނަ އަހަރުއެވެ. އެ ދަތުރުގައި ދިއާގެ ދެމަފިރިން ޗުއްޓީ ހޭދަކުރީ ހއ. އަތޮޅުގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓްގައެވެ.

ދިއާ ފިރިމީހާ ވައިބާވް އަދި ދަރިފުޅު އަވްޔާންއާ އެކު ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް

ފިލްމު "ރެހެނާހޭ ތެރެ ދިލް މޭ"އިން ބޮޑު މަޝްހޫރުކަމެއް ލިބުނު ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މިދިޔަ އަހަރު ދަރުމާ ޕްރޮޑަކްޝަންސްއިން ނެޓްފްލިކްސްފައި ޕްރީމިއާކުރި ފިލްމު "ނާދާނިޔާން"ގެ ރޯލަކުންނެވެ.

ދިއާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާ ސަނީ ޑިއޯލްގެ ލީގަލް ތުރިލާ "އިއްކާ"އިންނެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިއާ މިރްޒާ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. މިއީ 2021 ވަނަ އަހަރަށްފަހު އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. މިފަހަރުގެ ޗުއްޓީ ހޭދަކުރަމުންދަނީ ގާފު އަލިފު އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ދަ ހެލްސިއޯން ޕްރައިވެޓް އައިލްސް މޯލްޑިވްސްގައެވެ. ދިއާގެ އާއިލާއިން ވަނީ ރިސޯޓުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

  • ދިއާ މިރްޒާ ރާއްޖެ އައިސްފައިވަނީ ފިރިމީހާ ވައިބާވް ރޭކީ އަދި ދަރިފުޅު އަވްޔާން އާޒާދު ރޭކީއާއެކުގައެވެ.
  • އެ އާއިލާއިން ޗުއްޓީ ހޭދަކުރަމުންދަނީ ގާފު އަލިފު އަތޮޅުގެ ދަ ހެލްސިއޯން ޕްރައިވެޓް އައިލްސްގައެވެ.
  • މީގެ ކުރިން 2021 ވަނަ އަހަރުވެސް ދިއާގެ ދެމަފިރިން ރާއްޖޭގެ ޖޭއޭ މަނަފަރުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
  • ކުރިއަށް އޮތް ތަނުގައި ދިއާ ފެނިގެންދާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ނެޓްފްލިކްސްއިން ޕްރީމިއާކުރާ ފިލްމު "އިއްކާ" އިންނެވެ.
  • ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެއްކަން ކަށަވަރުވުން.
  • ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ އިތުރު ކުރިއެރުމަކަށް ވެގެންދިއުން.
  • ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުވެގެން ދިއުން.
comment ކޮމެންޓް