އޮޕަރޭޝަނެއްގައި ކަނޑުމަތީ އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ

އޮޕަރޭޝަނެއްގައި ކަނޑުމަތީ ހަރަކާތްތެރިވި ފުލުހަކު މަރުވެފައި އޮއްވައި ރޭ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.

މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަރުވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ.

ހަރަކާތްތެރިވީ ކޮން އޮޕަރޭޝަނެއްގައި ކަމެއް, އަދި ކަންކަން ހިނގައި ދިޔައީ ކިހިނެއް ކަމެއް ވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން," އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުންގެ އިދާރާއިން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތެއްގެ ތެރެއިން ކަނޑުމަތީގައި މަސައްކަތްކުރަމުންދިޔަ ފުލުހަކު ކުއްލި ގޮތަކަށް މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގެ ފުރިހަމަ ތަފުސީލު ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަންޖެހޭ ފަދަ ސީރިއަސް މައްސަލައެކެވެ.

  • ކަނޑުމަތީގައި ފުލުސްމީހާ މަރުވާން މެދުވެރިވި އަސްލު ސަބަބު ހޯދުމަށް ފުރިހަމަ ތަޙުޤީޤެއް ހިންގުން.
  • ހާދިސާގެ ތަފުސީލުތައް ލިބުނުހާ އަވަހަކަށް ރަސްމީ އިދާރާތަކުން އެ މަޢުލޫމާތުތައް އާންމުކުރުން.
  • ކުރިމަގުގައި ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބައިވެރިވާ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުސޫލުތައް މުރާޖަޢާކުރުން.
  • މި ހިތާމަވެރި ދަނޑިވަޅުގައި މަރުވި ފުލުސްމީހާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
comment ކޮމެންޓް