އިއްޔެ ލިބުނު ނަތީޖާއަކީ އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދޭން ފަށަންވީ ހިސާބު: ސޯބެ

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުالله ޞާދިޤް (ސޯބެ): ވިދާޅުވީ، އިއްުޔެ ލިބުނު ނަތީޖާއަކީ 2028ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދޭން ފަށަންވީ ހިސާބު ކަމަށް --- ފޮޓޯ/ އެމްޑީޕީ

އިއްޔެގެ ބައި-އިލެކްޝަނުން އެމްޑީޕީއަށް ހޯދުނު ކާމިޔާބަކީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ފަށަންވީ ހިސާބު ކަމަށް، ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު ޢަބްދުالله ޞާދިޤް (ސޯބެ) ރޭ ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ސޯބެ އިންތިޚާބު ކާމިޔާބުކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ސޯބެއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.

'ފޭސްބުކް'އަށް ދޫކުރެއްވި ވީޑިއޯއެއްގައި ސޯބެ ވިދާޅުވީ، ބައި-އިލެކްޝަން ކާމިޔާބުވީ ދާއިރާގެ ކެމްޕެއިން ޓީމާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި ދާއިރާގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

"އަދަ މި ލިބެން ނަތީޖާއަކީ އަފިރިން ކުރިއަށް މި އޮތް އިންތިޚާބު، 2028ގެ އިންތިޚާބަށް މަސައްކަތްކެރާއް ފަށްޓަގަންނަ ވޭ ހިސާބު، އަދަ މި ލިބެނި ނަތީޖާއި އެއްކޮށް އަފިރިން އެ މަސައްކަތް ފަށާންޖެހޭ،" ސޯބެ ވިދާޅުވިއެވެ.

ދެހާސް އަށާވީސް ވަނަ އަހަރު އެމްޑީޕީއަށް ކާމިޔާބުވާނީ ދާއިރާގެ ހުރިހާ އެންމެން ރާއްޖޭގެ ކުރިމަގަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި އޮވެ މަސައްކަތްކުރުމުން ކަމަށް ވެސް، ސޯބެ ވިދާޅުވިއެވެ.

ސޯބެ މި އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް ނަތީޖާ ދައްކާއިރު، އިދިކޮޅު ޕީއެންސީން ވަނީ، ސޯބެ އިންތިޚާބުވީ ކުޑަ ތަފާތަކުން ކަމަށް ބުނެ، މިއީ ސަރުކާރަށް ލިބުނު ކާމިޔާބެއް ގޮތަށް ސިފަކޮށްފައެވެ.

https://sun.mv/222953

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

ފާހަގަކުރެވޭ ގޮތުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ސަރުކާރުން ކުރިމަތިލީ މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހެވެ.

ސޯބެ ހިތަދޫ އުތުރުގެ ގޮނޑި ކާމިޔާބުކުރެއްވުމުން، ދެން މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ތިއްބަވާނެއެވެ. އެއާއެކު، ދެން މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާނީ 74 މެންބަރުންނެވެ.

އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި ބޭއްވި ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް ކާމިޔާބުކުރައްވައިފިއެވެ. އޭނާ މި މުހިންމު އިންތިޚާބު ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދާ ވާދަކުރައްވައި، 1375 ވޯޓު ހޯއްދަވައިގެންނެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. މި ކާމިޔާބީއާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި ވީޑިއޯއެއްގައި ޢަބްދުالله ޞާދިޤް ވިދާޅުވީ، މިއީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތް ފަށަންވީ ނުގުތާ ކަމަށެވެ. އަދި މި އިންތިޚާބު ކާމިޔާބުކުރެވުނީ އެމްޑީޕީގެ ކެމްޕެއިން ޓީމާއި، އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނާއި، އަދި ދާއިރާގެ އާންމު ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ކުރިމަގަށްޓަކައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން މެނުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުނުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ސިނާން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ޢަބްދުالله ޞާދިޤް މި ގޮނޑި ކާމިޔާބުކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު 13 އަށް ވަނީ އިތުރުވެފައެވެ. ސަރުކާރު ހިންގާ ޕީއެންސީ ތަމްސީލުކުރައްވާ 74 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އިދިކޮޅު ޕީއެންސީން މި ނަތީޖާ ސިފަކޮށްފައިވަނީ، ކުޑަ ފަރަޤަކުން އެމްޑީޕީއަށް ގޮނޑި ލިބުމަކީ ސަރުކާރަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ.

  • އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުالله ޞާދިޤް ވަނީ 1375 ވޯޓާއެކު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރައްވާފައެވެ.
  • މި ނަތީޖާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ފެށުންކަމަށް އިންތިޚާބީ މެންބަރު ސިފަކުރެއްވިއެވެ.
  • ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވާނީ އެމްޑީޕީގެ 13 މެންބަރުންނާއި ޕީއެންސީގެ 74 މެންބަރުންނެވެ.
  • ކުޑަ ވޯޓުގެ ތަފާތަކުން މި އިންތިޚާބު ކާމިޔާބުވުމަކީ ސަރުކާރަށް ލިބުނު ކުރިއެރުމެއްކަމަށް ޕީއެންސީން ބުނެފައިވެއެވެ.
  • މި ދާއިރާގެ ގޮނޑި ހުސްވީ، ކުރީގެ މެންބަރު ބޭންކު ލޯނެއް ނުދެއްކުމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ޙުކުމަކުން އޭނާގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ.
comment ކޮމެންޓް