ނާޒިމް މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހަށް

މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހުގެ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި, މިނިސްޓަރެއްގެ ފެންވަރުގައި ނާޒިމް އައްޔަން ކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.

https://www.sun.mv/220611

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ސެޕްޓެމްބަރު 30, 2024ގައެވެ.

ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް ވޯޓްގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި އެ މަހުގެ 14 ވަނަ ދުވަހުއެވެ.

ގިނަ މިނިސްޓަރުންތަކެއް އެ ދުވަހު އިސްތިއުފާ ދެއްވިއިރު އޭގެ ތެރެއިން ބައެއް ބޭބޭފުޅުންނަށް މަގާމުތައް އަންނަނީ ދެއްވަމުންނެވެ. އެގޮތުން ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރަށް ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާއިރު, އެންވައިރޮމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި، އަބްދުالله ނާޒިމް އިބްރާހީމް ވަނީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ އިސް މަގާމަކަށް އަނެއްކާވެސް އައްޔަންކުރައްވާފައެވެ. އޭނާ ހަވާލުވެވަޑައިގަތީ ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ތަންފީޒުކުރުމާ ގުޅޭ އެންމެ އިސް މަގާމާއެވެ. މީގެ ކުރިން ސެޕްޓެމްބަރު 30، 2024 ގައި ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވި ނާޒިމް، އެ މަގާމުން އިސްތިއުފާ ދެއްވީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ އިންތިޚާބުތަކަށްފަހު ސަރުކާރުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ.

  • އަބްދުالله ނާޒިމް އިބްރާހީމް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީގެ މަގާމަށް އައްޔަންކުރުން.
  • މި މަގާމަކީ ވަޒީރުންގެ ފެންވަރުގެ އިސް މަގާމެއްކަމުގައި ކަނޑައެޅުން.
  • އޭޕްރީލް މަހު ކެބިނެޓަށް ގެނައި ބަދަލުތަކުގައި ނާޒިމް ވަޒީރުކަމުން އިސްތިއުފާ ދެއްވިކަން.
  • އިސްތިއުފާ ދެއްވި އެހެން ބައެއް ވަޒީރުންނަށް ވެސް ސަފީރުކަމުގެ މަގާމުތައް ދެއްވަމުން ގެންދެވުން.
comment ކޮމެންޓް