މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯގެ އޮފީސް: މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައި -- ސަން ފޮޓޯ

މުޅި މާލެއާއި ހުޅުމާލެއިން މިއަދު މެންދުރު ކަރަންޓު ކެނޑިއްޖެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި މުޅި މާލޭގެ އެއްވެސް ސަރަހައްދެއްގައި މި ވަގުތު ކަރަންޓެއް ނެތެވެ. އަދި، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ކަރަންޓު ނެތްކަން އެ ސަރަހައްދުތަކުގައި އުޅޭ މީހުން ވަނީ ޔަގީންކޮށްދީފައެވެ.

ސްޓެލްކޯއިން ވަކި އެއްޗެއް ނުބުނާތީ ކަރަންޓު ކެނޑުނީ ކީއްވެ ކަމެއް ނޭނގެއެވެ.

ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މައްސަލަ ދެނެގަނެ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެއެވެ.

ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ސްޓެލްކޯއިން ވަނީ އިންޖީނުތައް ހިންގާ، މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް ކަރަންޓު ދޭން ފެށި ކަމަށް ބުނެފައެވެ.

ސްޓެލްކޯއިން މިއަދު ވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތް، މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވުނުކަން އިއުލާނުކޮށްފައެވެ.

އެ ކުންފުނިން ހެނދުނު ބުނީ، މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.

މީގެ ކުރިން ވެސް މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ވަރަށް ގިނައިން ކަރަންޓު ކެނޑިފައިވެއެވެ.

އެކަމަކު، އާންމުކޮށް ކަރަންޓު ކެނޑެނީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ. އެ ގެއްލުންވާ ކޭބަލް ރަނގަޅުކުރުމަށް ފަހު، މާ ގިނައިރުތަކެއް ނުވެ ސްޓެލްކޯއިން އެ ސަރަހައްދަކަށް ކަރަންޓު ދެއެވެ.

https://sun.mv/210242

މީގެ ކުރިން މިދިޔަ އަހަރު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ގޮސްފައިވެއެވެ. އެ ގޮތުން، އެ ފަހަރު އެ މައްސަލަ ތަހުގީގުކުރަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިއެވެ. އެކަމަކު، އެ ކަމުގެ އަދާހަމައެއް ފަހުން ނުލިބެއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑެނީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ.

މާލެއާއި ހުޅުމާލެއަކީ އެތައް ލައްކަ މީހުންނެއް ދިރިއުޅޭ ސަރަހައްދެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ މި ސަރަހައްދުގައެވެ. އަދި، ވެރިކަން ކުރާ ރަށް ކަމުން މިއީ ސަލާމަތީ ގުޅުންހުރި މުހިންމު ކަމެކެވެ.

މާލެ ސަރަޙައްދުގެ ހުރިހާ ހިސާބަކުން ކަރަންޓު ކެނޑި، އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކުގެ އިތުރުން މުހިންމު ޚިދުމަތްތަކަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މި ހާދިސާގެ ސަބަބުން މުޅި ސަރަޙައްދު ވަނީ އަނދިރިކަމުގެ ތެރެއަށް ގޮސްފައެވެ. މިކަން ހިނގަން މެދުވެރިވި ސަބަބާއި، މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތާއި ތަފުސީލުތައް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން މައްސަލަ ދެނެގަނެ، ޚިދުމަތް އަލުން އިޢާދަކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާނެކަން ޔަޤީނެވެ. ރައްޔިތުންނަށް މިކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަންދޭންޖެހޭ އެއް ކަންތަކެވެ.

  • މާލޭގެ ހުރިހާ ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ވަނީ އެއްކޮށް ކެނޑިފައެވެ.
  • ހުޅުމާލޭގެ ހުރިހާ ހިސާބަކަށްވެސް ކަރަންޓު ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
  • މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބުގެ ފުރިހަމަ ތަފުސީލު އަދި ލިބިފައެއް ނުވެއެވެ.
  • ކަމާބެހޭ އިތުރު މަޢުލޫމާތުތަކާއި ތަފުސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި ލިބިގެންދާނެކަމަށް ބެލެވެއެވެ.
  • ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައިގެ ފުރިހަމަ ތަފުސީލުތައް ހޯދުން.
  • ޚިދުމަތް އަލުން އިޢާދަކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތައް ދެނެގަތުން.
  • އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
comment ކޮމެންޓް