ހައިވޭ ޓްރެފިކް ލައިޓު ކައިރިން ސައިކަލެއް ކަހައިލައި މީހަކު ޕިކަޕެއް ދަށުވެ މަރުވެއްޖެ

13 މޭ 2026: ހައިވޭ ޓްރެފިކް ލައިޓު ކައިރިން ސައިކަލެއް ކަހައިލައި މީހަކު ޕިކަޕެއް ދަށުވެ މަރުވެފައި -- ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހައިލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • ބުރިޖު ހައިވޭގެ އެއާޕޯޓު ލައިޓު ކައިރީގައި އެކްސިޑެންޓެއް ހިނގައިފި
  • ސައިކަލެއް ކަހައިލައިގެން ވެއްޓި ޕިކަޕެއް ދަށުވުން
  • އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ މަރުވެފައި
  • ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން

ބުރިޖު ހައިވޭގެ ޓްރެފިކް ލައިޓު ކައިރިން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ލައިޓު ކައިރީގައެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ މަރުވެފައެވެ.

ނަމަވެސް މަރުވި މީހާއަަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުވަތަ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް