216 ގުރާމުގެ ޑުރަގާ އެކު ހިޔާ ފުލެޓަކުން 22 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފި

މާލޭގެ ހިޔާ ފުލެޓަކުން ދުއިސައްތަ ސޯޅަ ގުރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ބާވީސް އަހަރުގެ އަންހެނަކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި ފާތިމަތު ޝާހާ އިބްރާހީމްގެ ބަންދަށް ކޯޓުން ވަނީ ފަނަރަ ދުވަސް އިތުރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އަދި ޓްރެފިކްކުރުމުގެ ބޮޑު ތުހުމަތެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

  • ހިޔާ ފުލެޓުން ބާވީސް އަހަރުގެ އަންހެނަކު ހައްޔަރުކުރުން
  • އޭނާގެ އަތުން ދުއިސައްތަ ސޯޅަ ގުރާމުގެ މަސްތުވާތަކެތި ފެނުން
  • ތަހުގީގަށް ކޯޓުން ފަނަރަ ދުވަހުގެ ބަންދުގެ މުއްދަތެއް ދިނުން
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރުން

ދުއިސައްތަ ސޯޅަ ގުރާމުގެ މަސްތުވާތަކެއްޗާ އެކު، 22 އަހަރުގެ އަންހެނަކު ހިޔާ ފުލެޓަކުން އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ގ. ނާޝިދު ވިލާ ފާތިމަރު ޝާޙާ އިބްރާހީމްއެވެ. އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފުލެޓަކުންނެވެ.

އެ އޮޕަރޭޝަނުގައި އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 216.12 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

​މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި މިންގަނޑަކަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުމަކީ ޓްރެފިކްކުރުން ކަމަށް ބެލެވޭނެއެވެ.

comment ކޮމެންޓް