އިރުފާންގެ ރިލީޒްނުކޮށް އޮތް ފިލްމެއް އަހަރުތަކެއް ފަހުން ޔޫޓިއުބްގައި ރިލީޒްކޮށްފި

ފިލްމީ ތަރިން ކަމަށްވާ ވިދްޔާ ބާލަން އަދި އިރުފާން ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މީލާދީން 2000 ވަނަ އަހަރު އުފެއްދި، އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓަރު އިރްފާން ޚާންގެ ފިލްމު "ދަ ލާސްޓް ޓެނަންޓް" ރިލީޒްނުކުރެވި 26 އަހަރު އޮތުމަށްފަހު ޔޫޓިއުބްގައި ރިލީޒްކޮށްފިއެވެ. ސާތަކް ދަސްގުޕްތާ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިރްފާން އާއި ވިދްޔާ ބާލަން އެކީގައި ފެނިގެންދާ ހަމައެކަނި ފިލްމެވެ. ފިލްމު ރިލީޒްކުރުން ލަސްވީ އޭގެ އަސްލު ފޫޓޭޖް ގެއްލުމުގެ ސަބަބުންނެވެ. ނަމަވެސް ފިލްމުގެ ވީއެޗްއެސް ކޮޕީއެއް ފެނުމުން، އެ އާބާދުކޮށް އާންމުންނާ ހަމައަށް ގެނެސްދިނީ އިރްފާން ދުނިޔެދޫކުރިތާ 6 އަހަރު ފުރުމާ ދިމާކޮށް އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ.

  • އިރްފާން ޚާންގެ ފިލްމު "ދަ ލާސްޓް ޓެނަންޓް" 26 އަހަރު ފަހުން ޔޫޓިއުބްގައި ރިލީޒްކުރުން.
  • މި ފިލްމު އާންމުކޮށްފައިވަނީ އިރްފާން ދުނިޔެދޫކުރިތާ 6 އަހަރު ފުރުމާ ދިމާކޮށް.
  • މިއީ އިރްފާން އާއި ވިދްޔާ ބާލަން އެކީގައި ފެނިގެންދާ ހަމައެކަނި ފިލްމު.
  • ފިލްމު ރިލީޒްކުރުން ލަސްވީ އޭގެ އަސްލު ފޫޓޭޖް ގެއްލުމުގެ ސަބަބުން.

އިންޑިއާގެ ކުރީގެ އެކްޓަރު އިރްފާން ޚާންގެ ރިލީޒްނުކޮށް އޮތް ފިލްމު "ދަ ލާސްޓް ޓެނަންޓް" ރިލީޒްނުކޮށް އޮތްނަތާ 26 އަހަރު ފަހުން ޔޫޓިއުބުގައި ރިލީޒްކޮށްފިއެވެ.

މީލާދީން 2000 ވަނަ އަހަރު އުފެއްދި، އިރްފާންގެ ފިލްމު "ދަ ލާސްޓް ޓެނަންޓް" ޔޫޓިއުބްގައި ރިލީޒްކޮށްފައި ވަނީ އެކްޓަރު ދުނިޔެދޫކުރިތާ ހަ އަހަރު ފުރުމާ ދިމާކޮށެވެ.

ނިއުރޯއެންޑޯކްރިން ކެންސަރާ ދެކޮޅަށް ކުރި ދިގު ހަނގުރާމައަކަށްފަހު، އިރްފާން ޚާން ދުނިޔެ ދޫކޮށްފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ. އިރުފާންގެ މި ފިލްމު ޕްރިމިއާ ކޮށްފައިވަނީ 'ދަ ސޯލްޓް އިންކް' ޔޫޓިއުބް ޗެނަލް މެދުވެރިކޮށް، އެކްޓަރަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ. ސާތަކް ދަސްގުޕްތާ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން އިރުފާންއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ވިދްޔާ ބާލަންއެވެ. ދެ ތަރިން ވެސް ފިލްމުގައި ފެންނާނީ އުމުރުގެ ވަރަށް ޒުވާން ދުވަސްވަރުކަން ފާހަގަކޮށްލެވެއެވެ.

"ދަ ލާސްޓް ޓެނަންޓް" ދިގު މުއްދަތެއް ވަންދެން ރިލީޒް ނުކުރެވި އޮތީ ފިލްމުގެ އަސްލު ފޫޓޭޖް ގެއްލުމުގެ ސަބަބުންނެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމުގެ އުންމީދު ޑައިރެކްޓަރު ސާތަކް ކަނޑާލާފައި ވަނިކޮށް، ފިލްމުގެ ވީއެޗްއެސް ކޮޕީއެއް ފެނުމުން، އެ އާބާދުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ފަހިވީއެވެ.

ފިލްމު "ދަ ލާސްޓް ޓެނަންޓް"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި ފިލްމަކީ ވިދްޔާގެ އެންމެ ކުރީގެ މަސައްކަތްތަކުގެ ތެރެއިން ފިލްމެކެވެ. މިއީ މަޝްހޫރު ޓީވީ ސިލްސިލާ "ހަމް ޕާންޗް" އަށްފަހު ބަތަލާ ކުޅުނު ފުރަތަމަ ފިލްމު ކަމަށް ބެލެވޭއިރު، މިއީ އިރްފާން އާއި ވިދްޔާ އެކުގައި ސްކްރީނުން ފެންނަ ހަމައެކަނި ފިލްމު ވެސް މެއެވެ.

ފިލްމު ރިލީޒްކުރުމަށް ކުރި ދިގު އިންތިޒާރާ ބެހޭގޮތުން ސާތަކް ބުނީ، އޭރު އޭނާ އަކީ މި ދާއިރާއަށް މުޅިން އަލަށް ނުކުމެ އުޅުނު މީހެއް ކަމަށާއި އޭރު ދަސްކޮށްދޭނެ ޔޫޓިއުބެއް ނުވަތަ ފޮތް ގަންނާނެ އެމެޒޯނެއް ނެތް ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، އިރްފާންގެ ހަނދާނުގައި މި ފިލްމު މިހާރު ރިލީޒްކުރުމަކީ އެކްޓަރުގެ ހަނދާން އިތުރަށް އާކޮށްލަދިން ވަރަށް އަސަރުކުރި ކަމެކެވެ.

މި ފިލްމާ މެދު ވާހަކަ ދައްކަމުން ވިދްޔާ ބުނީ، މި ފިލްމު އެންމެ ފަހުން ބަލާލަން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެއް ކަމަށެވެ. އަދި އިރްފާން އާއެކު މަސައްކަތް ކުރުމަކީ އޭރުވެސް އަދި މިހާރުވެސް ވަރަށް ހާއްސަ ކަމެއް ކަމުގައި ބަތަލާ ފާހަގަކުރިއެވެ.

comment ކޮމެންޓް