ހޯދަން އިއުލާންކުރިތާ ގަޑިއެއްހާއިރު ފަހުން، ހުޅުމާލޭން ގެއްލުނު ކުއްޖާ ފެނިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހި: ހޯދަން އިއުލާންކުރިތާ ގަޑިއެއްހާއިރު ފަހުން، ހުޅުމާލޭން ގެއްލުނު ކުއްޖާ ވަނީ ފެނިފައި -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން އިއުލާންކުރިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން، އެ ކުއްޖާ ފެނިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ގެއްލިގެން ހޯދަން އިއުލާންކުރީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ.

އެ މުއައްސަސާއިން ބުނެފައިވާ ގޮތުގައި، ކުއްޖާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރު ކަމަށެވެ. އޭގެ ފަހުން ޚަބަރެއް ނުވުމުން، ކުއްޖާ ގެއްލިފައިވާކަން ދަންވަރު ފުލުހަށް ރިޕޯޓުކުރިއެވެ.

ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކުއްޖާ ފެނިފައިވާ ކަމަށާއި، ކުއްޖާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. އިތުރު ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.

މާލެ ސަރަހައްދުގައި ކުޑަކުދިންނާއި ޒުވާނުން ގެއްލިގެން ހޯދާ ކަމަށް ފުލުހުން ދޭތެރެއަކުން ރިޕޯޓުކުރެއެވެ. އާންމު ގޮތެއްގައި، އެގޮތަށް އިއުލާން ކުރާތާ މާ ގިނައިރެއް ނުވެ އެ ކުދިންނާއި ޒުވާނުން ހޯދެއެވެ.

comment ކޮމެންޓް