އެމްޕީއެލްގެ ސީއީއޯކަމަށް ހުސައިން ޝަފީގް އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށާއި، ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމަށް ޙުސައިން ޝަފީޤް ވަނީ އައްޔަންކުރައްވާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާބެހޭ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މި ނިންމުން ނިންމަވާފައިވާއިރު، އޭނާ ވަނީ މިއަދުން ފެށިގެން އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.

  • އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީގެ މަޤާމަށް ޙުސައިން ޝަފީޤް އައްޔަންކުރުން
  • އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ ޒިންމާ ވެސް އޭނާއާ ހަވާލުކުރުން
  • މި ބަދަލު ގެންނަވާފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންކަން
  • މިއަދުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފެށިކަން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ހާމަކުރެއްވި ގޮތުގައި، މި މަޤާމުތަކަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީގެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.

މިއީ މި ދައުރުގައި އެމްޕީއެލަށް އައްޔަންކުރާ ތިންވަނަ ވެރިޔާއެވެ.

https://sun.mv/220237

މި ދައުރުގައި އެންމެ ފުރަތަމަ އެ މަގާމުގައި ހުންނެވި ވަޖީހު އިބްރާހިމް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.

އެއަށްފަހު ހަމަ އެ މަހު، އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީކަމުގެ މަގާމަށް އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މުޙައްމަދު ރިޝްވާން އައްޔަންކުރިއެވެ.

ނަމަވެސް މި މަހު އަނެއްކާ ވެސް އެ މަގާމު ހުސްވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަނުފެންނަ ވޯޓުގައި ސަރުކާރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވަނިކޮށް، ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަނިކޮށް ރިޝްވާން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

ރިޝްވާނު އިސްތިއުފާ ދެއްވީ މި މަހުގެ ހަވަނަ ދުވަހެވެ.

comment ކޮމެންޓް