ހިތަދޫ ގެޔަކުން ވަގަށް ނެގި ޖިންސުތަކަކާއި ސެންޓުފުޅިތަކެއް، ފުލުހުން ހޯދައިދީފި

ހިތަދޫން ވަގަށް ނެގި ތަކެތި: އެ ތަކެތި ހޯދައިފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ އައްޑޫ ޕޮލިސް

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ. ފުލުހުންނަށް ރިޕޯޓުކުރެވުނު މި މައްސަލައިގައި ހިމެނޭ ތަކެތި ހޯދުމަށް ހިތަދޫ ޕޮލިހުން ކުރި މަސައްކަތުން، އެ ތަކެތި ވަނީ ކާމިޔާބުކަމާއެކު ހޯދިފައެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ޖިންސާއި، ސެންޓުފުޅިތަކާއި، ގަޑިއާއި، ސީސީޓީވީ ކެމެރާގެ އިތުރުން ފޯނަކާއި ޗާޖަރެއް ހިމެނެއެވެ. މިފަދަ ކުދި ވައްކަމުގެ މައްސަލަތައް އައްޑޫ ސިޓީގައި ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

  • ހިތަދޫ ގެއަކުން ވައްކަންކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފި
  • ހިތަދޫ ޕޮލިހުންގެ މަސައްކަތުން ވަގަށް ނެގި ތަކެތި ވަނީ ހޯދިފައި
  • ހޯދުނު ތަކެތީގެ ތެރޭގައި ޖިންސު، ސެންޓުފުޅި، ފޯނު އަދި ސީސީޓީވީ ކެމެރާ ހިމެނޭ
  • އައްޑޫ ސިޓީގައި ކުދި ވައްކަމުގެ މައްސަލަތައް ދަނީ އިތުރުވަމުން
  • މިއަހަރު ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް

އައްޑޫ ސިޓީ ހިތަދޫ ގެޔަކުން ވަގަށް ނެގި ޖިންސުތަކަކާއި ސެންޓުފުޅިތަކެއް، ފުލުހުން ހޯދައިދީފިއެވެ.

އައްޑޫ ސިޓީ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، ރޭ ހިތަދޫ ގެއަކުން ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު އައްޑޫ ސިޓީ ހިތާދޫ ޕޮލިސްއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ހިތަދޫ ޕޮލިހުން ކުރި މަސައްކަތުން އެ ގެއިން ވަގަށް ނަގާފައިވާ ތަކެތި ހޯދައިފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ވަގަށް ނަގައިފައިވާ ތަކެތީގެ ތެރޭގައި ތިން ޖިންސާއި ހަތް ސެންޓުފުޅި ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ސެންޓުފުޅިތައް ހުރީ ހުސްވާން ކައިރިވެފައި ކަމަށް ފޮޓޯއިން ދައްކައެވެ.

އޭގެ އިތުރުން، ގަޑިއަކާއި ސީސީޓީވީ ކެމެރާއަކާއި އަތުކުރީގަޑިއެއް ވެސް ފޮޓޯއިން ފެނެއެވެ. އަދި ފޯނަކާއި ޗާޖަރަކާއި، ފިރިހެނުންގެ ބޮލުގައި ލާ ޖެލް ފުޅިއެއް ވެސް ވަގަށް ނެގި ކަމަށް ދައްކައެވެ.

އައްޑޫގައި ކުދި ވައްކަމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރު މުޅި ރާއްޖޭން 3,458 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 960 މައްސަލައެއް މިހާތަނަށް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް