ބީއެމްއެލްއިން ވީރަން މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއް

ބީއެމްއެލްއިން ވީރަން މޯލްޑިވްސްއާއެކު ޕާޓްނާޝިޕެއް ގާއިމްކޮށްފި -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ކުންފުނިތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ސިއްހަތާއި އެކުވެރިކަން އާލާކުރުމަށްޓަކައި ވީރަން މޯލްޑިވްސްއާއެކު ޕާޓްނާޝިޕެއް ގާއިމުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ނިޔަލަށް ވީރަން މޯލްޑިވްސްއިން އިންތިޒާމުކުރާ ކޯޕަރޭޓް ރަން ކުރިއެރުވުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ހަރަކާތަކީ މަސައްކަތުގެ މާހައުލުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ޓީމް ރޫހު ވަރުގަދަކުރުމަށް ބާއްވާ ހަރަކާތެކެވެ. މި އަހަރު ބާއްވާ ފުރަތަމަ ދުވުމުގައި ކޮންމެ ޓީމަކުން ފަސް ދުވުންތެރިން ބައިވެރިވާއިރު، ކޮންމެ މީހަކު އެއް ކިލޯމީޓަރު ދުވަންޖެހޭނެއެވެ.

  • ބީއެމްއެލް އާއި ވީރަން މޯލްޑިވްސް ގުޅިގެން ޕާޓްނާޝިޕެއް ގާއިމުކުރުން
  • ކުރިއަށް އޮތް ދެ އަހަރު ކޯޕަރޭޓް ރަންއަށް ބޭންކުން އެހީތެރިކަން ދިނުން
  • ފުރަތަމަ ދުވުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވުން
  • ކޮންމެ ޓީމެއްގައި ފަސް މީހުން ހިމެނޭހެން، ކޮންމެ މީހަކު އެއް ކިލޯމީޓަރު ދުވުން
  • މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަމާއި ޓީމް ރޫހު ވަރުގަދަކުރުން

ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި, ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 'ވީރަން މޯލްޑިވްސް'އާ އެކު ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، އެ އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި, ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުން ހެދި އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން، މި ޕާޓްނާޝިޕްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހު އެ ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން، ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ އެއްބަސްވެފައެވެ.

ބީއެމްއެލްއިން ބުނީ، ވީރަން މޯލްޑިވްސްއިން ބާއްވާ ފުރަތަމަ ދުވުން މި އަހަރު ބާއްވާނެ ކަމަށެވެ.

އެ ހަރަކާތަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި، މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ރޭހެކެވެ. އެ ރޭހުގައި ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭއިރު، ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރު ދުވަންޖެހޭނެއެވެ.

އަދި، އެ ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން އަންނަނީ ގައުމީ ފެންވަރުގެ މަޝްރޫޢުތަކާއި، ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް