ދޯންޏެއްގެ ބުރަފަތީގައި ޖެހި ޖަރުމަނު ފަތުރުވެރިޔަކު މަރުވެއްޖެ

މޫދަށް އެރި އުޅެނިކޮށް ބުރަަފަތީގައި ޖެހި މަރުވި ފަތުރުވެރިޔާ ދޯންޏަކަށް އަރުވަނީ -- ފޮޓޯ: އެމްވީ ކްރައިސިސް

އދ. ފެންފުށި ކައިރީގައި އޮންނަ ވޭލް ޝާކް ޕޮއިންޓަށް މޫދަށް އެރި އުޅުނު ޖަރުމަނުވިލާތުގެ ފިރިހެން ފަތުރުވެރިއަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 09:59 ހާއިރުއެވެ. މިހާރު ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް މައްސަލަ ތަހުގީގުކުރަމުންނެވެ.

  • އދ. ފެންފުށި ކައިރީގައި ފަތުރުވެރިޔަކު މަރުވުން
  • މަރުވެފައިވަނީ ޖަރުމަނުވިލާތުގެ ފިރިހެން ފަތުރުވެރިއެއް
  • މަރުވާން މެދުވެރިވީ ދޯންޏެއްގެ ބުރަފަތީގައި ޖެހުމުގެ ސަބަބުން
  • ފުލުހުން މި މައްސަލަ އަދި އިހުމާލެއް އޮތްތޯ ދަނީ ތަހުގީގުކުރަމުން

އދ. ފެންފުށި ކައިރީގައި އޮންނަ ވޭލް ޝާކް ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:59 އެހައިކަންހާއިރެވެ. މި ހާދިސާގައި މަރުވެފައިވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއްކަމަށް ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ވޭލް ޝާކް ޕޮއިންޓަކީ އާންމުކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން އެރި އުޅޭ ސަރަހައްދެކެވެ.

comment ކޮމެންޓް