ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދަނީ

މާލޭގެ މަޖީދީމަގު، އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކަޅު ކުލައިގެ އެއާބްލެއިޑް ސައިކަލަކުން ޖެހުމަށްފަހު މަޑުނުކޮށް ފިލި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިއުލާންކޮށްފައެވެ. މި ހާދިސާ ހިނގި ވަގުތުގެ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން އާއްމުކޮށްފައިވާއިރު، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

  • މަޖީދީމަގު އަތަމާ ޕެލަސް ކައިރިން ހިނގި އެކްސިޑެންޓެއް
  • އަންހެނެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު މަޑުނުކޮށް ފިލުން
  • މައްސަލަ ތަހުގީގުކޮށް މީހާ ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމުކުރުން
  • މައުލޫމާތު އެނގޭ ފަރާތްތަކުން ފުލުހުންގެ ނަންބަރު 9444880 އަށް ގުޅުމަށް އެދުން

މާލޭގެ މަގަކުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ވަނީ ފިރިހެނަކު ދެނެގަތުމަށްޓަކައި ވީޑިއޯއެއް އާއްމުކޮށްފައެވެ.

ފުލުހުން ބުނީ އޭނާއަކީ, މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، ކާކުކަން ނޭނގޭތީ އަދި ނުހޯދިވާ މީހެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ކަފިހިހުރަސް ކައިރިން މަގު ހުރަސްކުރަނިކޮށް އެ މީހާ ދުއްވި ކަޅުކުލައިގެ އެއާބްލެއިޑް ސައިކަލުން ވަނީ އަންހެނެއްގެ ގައިގައި ޖެހި, އެ އަންހެން މީހާ މަގުމައްޗަށް ވެއްޓިފައެވެ. އެ ވަގުތު ވެސް ސައިކަލު މަޑު ކުރުމެއް ނެތި އޭނާ ދުއްވާފައި ދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެ މައުލޫމާތު ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް