އިސްރާއީލުގެ ވައިޓް ފޮސްފެރަސް ބޮން އުފައްދާ ކާރުޚާނާއަށް އީރާނުން ހަމަލާދީ އެތަން ހަލާކުކޮށްލައިފި

އިސްރާއީލުގެ ވައިޓް ފޮސްފެރަސް ބޮން އުފައްދާ ކާރުޚާނާއަށް އީރާން ދިން ހަމަލާގައި އެތަނުގައި އަލިފާން ރޯވެފައި

މިއަދަކީ 27 މާޗް 2026 އެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ނަގަބް ސަހަރާގައި ގާއިމުކޮށްފައިވާ ވައިޓް ފޮސްފެރަސް ބޮން އުފައްދާ މައި ކާރުޚާނާއަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީ، އެތަން ވަނީ ބޮޑުތަނުން ހަލާކުކޮށްލާފައެވެ. މި ހަމަލާ ދީފައިވަނީ ކްލަސްޓާ މިސައިލް ބޭނުންކޮށްގެން ކަމަށާއި، މި ހަމަލާގެ ސަބަބުން އެ ކާރުޚާނާގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާފައިވާކަން އެނގިފައިވެއެވެ. މި ހަމަލާއަކީ އިސްރާއީލުގެ އަސްކަރީ އަދި ހަތިޔާރު އުފައްދާ ސިނާއަތްތައް ބަލިކަށި ކުރުމަށް އީރާނުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންތަކުގެ ދަށުން ދިން ހަމަލާއެއް ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކު ވަނީ ވިދާޅުވެފައެވެ. ވައިޓް ފޮސްފެރަސް ބޮމަކީ ބައިނަލްއަގްވާމީ ގޮތުން ހަނގުރާމައިގައި ބޭނުންކުރުން ހަނިކޮށްފައިވާ ނުރައްކާތެރި ހަތިޔާރަކަށްވީ ނަމަވެސް، އިސްރާއީލުން ޣައްޒާ އަދި ލުބްނާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކުގައި މި ހަތިޔާރު ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން ދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

  • އީރާނުން ދިން ކްލަސްޓާ މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ ނަގަބް ސަހަރާގައި ހުރި ވައިޓް ފޮސްފެރަސް އުފައްދާ ކާރުޚާނާ މުޅިންހެން ހަލާކުވެފައިވޭ.
  • މި ހަމަލާއަކީ އިސްރާއީލުގެ ހަތިޔާރު އުފައްދާ އިންޑަސްޓްރީއަށް އަމާޒުކޮށް އީރާނުން ފަށާފައިވާ ހަމަލާތަކުގެ ސިލްސިލާއެއްގެ ބައެއް.
  • ވައިޓް ފޮސްފެރަސް ބޭނުންކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ފާހަގަކުރޭ.
  • މި ކާރުޚާނާ ހަލާކުކޮށްލުމުން އިސްރާއީލުގެ ހަނގުރާމަވެރި ގާބިލުކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ.

ޓެލްއަވީވު (27 މާޗް 2026): ޣައްޒާއާއި ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ބޭނުންކުރާ ނުރައްކާތެރި ކެމިކަލް ހަތިޔާރެއްކަމަށްވާ ވައިޓް ފޮސްފެރަސް ބޮން އުފައްދާ އިސްރާއީލުގެ ކާރުޚާނާއަށް އީރާނުން ހަމަލާދީ އެތަން ގޮއްވާލައިފިއެވެ.

އެމެރިކާގެ ނިއުސް ސައިޓެއް ކަމަށްވާ "ޑްރޮޕްސައިޓް ނިއުސް" ބުނާގޮތުން އިސްރާއީލުގެ މެދުތެރޭގައިވާ ނަގަބް ސަހަރާގައި ހުންނަ ވައިޓް ފޮސްފެރަސް ބޮން އުފައްދާ ކާރުޚާނާއަށް އީރާނުން އިއްޔެ ވަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ތަނަށް ހަމަލާ ދިނީ ކްލަސްޓާ މިސައިލަކުންނެވެ. މި މިސައިލް ވަނީ ސީދާ ގޮތެއްގައި އެ ކާރުޚާނާއަށް އަމާޒުވެފައެވެ.

އީރާނުގެ ހަމަލާތަކާއެކު އެ ކާރުޚާނާއިން ގިނަ ގޮވުންތަކެއް ގޮވައި، ބޯ ދުންތަކެއް އެރި މަންޒަރު ވަނީ ފެނިފައެވެ. "ޑްރޮޕްސައިޓް ނިއުސް" ބުނާގޮތުން އިސްރާއީލުގެ ސިފައިން ވަނީ މި ކާރުޚާނާއަށް ލިބުނު ގެއްލުން ހާމަކުރުމަށް ފަސްޖެހިފައެވެ.

މިއީ މި ކާރުޚާނާއަށް އަމާޒުކޮށް އީރާނުން ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. މީގެކުރިންވެސް އެތައް ފަހަރަކު މިތަނަށް އަމާޒުކޮށް އީރާނުން ޑްރޯން ހަމަލާއަކާއި މިސައިލް ހަމަލާތައް ވަނީ ދީފައެވެ.

ކުރީގެ ހަމަލާތައް ދިފާއު ކުރުމުގައި އިސްރާއީލު ކޮންމެވެސް ވަރަކަށް ކާމިޔާބު ހޯދާފައިވީނަމަވެސް އިއްޔެ ދިން ހަމަލާގައި މުޅި ކާރުޚާނާގައިވަނީ އަލިފާން ހިފާފައެވެ.

ވައިޓް ފޮސްފެރަސް ބޮމަކީ ހަނގުރާމައިގައި ބޭނުންކުރުން ބައިނަލްއަގްވާމީ ގޮތުން މަނާ ހަތިޔާރެކެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި މިހަތިޔާރު ވަރަށް ކުރީއްސުރެ ބޭނުންކުރަމުން ގެންދެއެވެ. މިފަހަކަށް އައިސް ލުބްނާނާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނީ ހަމަލާތަކުގައި ވެސް ވައިޓް ފޮސްފެރަސް ބޮން ގިނައިން ބޭނުންކުރާކަން ވަނީ ހާމަވެފައެވެ. ލުބްނާނުގެ ސަރުކާރުންވަނީ މިމައްސަލަ އދ. އަށް ވެސް ހުށަހަޅާފައެވެ.

ވައިޓް ފޮސްފެރަސް ބޮމުން ހަމަލާދިނުމުން އޭގައި ހުންނަ ވައިޓް ފޮސްފެރަސް ބުރައިގެންގޮސް ޖެހޭ ކޮންމެތަނެއްގައި އަލިފާން ރޯވެއެވެ. އަދި މިއީ ދިރުންވާ ކޮންމެ ޓީޝޫ އެއް ފިއްސާލާ ކެމިކަލް އެކެވެ.

އިސްރާއީލު ބޭނުންކުރާ ވައިޓް ފޮސްފެރަސްގެ ސަބަބުން ފަލަސްތީނާއި ލުބްނާނުގެ އެތައް ސަތޭކަ ބައަކު މަރުވެފައިވާއިރު އެތައް ސަތޭކަ ބައެއްގެ މޫނާއި ހަންގަނޑުވަނީ އޭގައި ހިމެނޭ ކެމިކަލް ގެ ސަބަބުން ފިހި އައިބުވެފައެވެ.

އީރާނުން ހަމަލާދީ އިސްރާއީލުގެ ވައިޓް ފޮސްފެރަސް ބޮމުގެ ފެކްޓްރީ ހަލާކުކޮށްލިކަން ލުބްނާނާއި ފަލަސްތީނުގެ މީޑީއާތަކުން ވެސް ވަނީ ހާމަކޮށްފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކު ވިދާޅުވި ގޮތުގައި އިސްރާއީލުގެ ނަގަބްގައި ހުންނަ ވައިޓް ފޮސްފެރަސް ބޮމުގެ ފެކްޓްރީ އަށް ދިން ހަމަލާތަކަކީ އިސްރާއީލުގެ ހަތިޔާރުގެ އިންޑަސްޓްރީ ހަލާކުކޮށްލުމަށް ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން ދިން ހަމަލާއެކެވެ.

އިސްރާއީލު ސިފައިންނަށް ބޭނުންވާ ހަތިޔާރު އުފައްދާ ގިނަ އަދަދެއްގެ ކާރުޚާނާތަކަށް އީރާނުން ވަނީ އެކި ފަހަރު މަތިން މިސައިލް ހަމަލާތައް ދީފައެވެ.

އިސްރާއީލުގެ އެންމެ ބޮޑު ހަތަރު ވައިގެ 'ބޭސް'ތަކަށް އީރާނުން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން އިސްރާއީލުގެ މައި ނިއުކްލިޔާ މަރުކަޒުގެ ކައިރިއަށް ވެސް މިދިޔަ ހަފުތާގައި އީރާން ވަނީ ދެފަހަރެއްގެ މަތިން ގަދަފަދަ ހަމަލާތަކެއް ދީ އެތައް ބަޔަކު މަރާލައި، އެތައް އިމާރާތެއް ހަލާކުކޮށްލާފައެވެ.

comment ކޮމެންޓް