މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ 2025 ވަނަ އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ރިޕޯޓްތައް ފާސްކުރުމަށް އެ ބޭންކުގެ ބޯޑު މެންބަރުންގެ މެދުގައި މިއަދު ބޭއްވި ޖަލްސާގައި، ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް، އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިގޮތުން މިއަހަރު، ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ޖެހޭނެއެވެ. ޑިވިޑެންޑް ޕޭއައުޓް ރޭޝިއޯއަށް ބަލާއިރު މިއީ 35 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި، މިއީ 2024 ވަނަ އަހަރުގައި ބެހި ހިއްސާގެ ފައިދާއާ އަޅާބަލާއިރު 25.81 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި އެމްއައިބީން ބަހާފައިވަނީ 4.58 ރުފިޔާއެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ބޭންކުން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިންކަމް ޓެކްސް ޤާނޫނުގައިވާ ގޮތުގައި ނޮން ރެޒިޑެންޓް ހިއްސާދާރުންނަށް 10 އިންސައްތައިގެ ވިތްހޯލްޑިންގ ޓެކްސެއް ނެގިދާއެވެ. ނަމަވެސް މިއީ ރެޒިޑެންސީ ސްޓޭޓަސް ޑެކްލެއަރ ނުކުރާ ހިއްސާދާރުންނަށް އެކަނި ނެގޭ ޓެކްސެކެވެ. އެހެންކަމުން އެ ބޭންކުން ރެޒިޑެންސީ ސްޓޭޓަސް ވީހާވެސް އަވަހަކަށް ޑެކްލެއަރ ކުރުމަށް ބާރުއަޅައެވެ.
މިދިޔަ އަހަރަކީ އެމްއައިބީ އަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބެންކުން ހާމަކުރެއެވެ. އަދި، މި އަހަރަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް އެމްއައިބީން ތައާރަފްކުރިތާ 15 އަހަރު ފުރޭ އަހަރެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ 2025 ވަނަ އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ރިޕޯޓްތައް ފާސްކުރުމަށް އެ ބޭންކުގެ ބޯޑު މެންބަރުންގެ މެދުގައި މިއަދު ބޭއްވި ޖަލްސާގައި، ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް، އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިގޮތުން މިއަހަރު، ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ޖެހޭނެއެވެ. މި ނިސްބަތުން ބަލާއިރު، މިދިޔަ އަހަރުގެ ޑިވިޑެންޑް ޕޭއައުޓް ރޭޝިއޯއަކީ 35 އިންސައްތަ ކަމުގައި އެ ބޭންކުން ވަނީ ބުނެފައެވެ. އަދި، މިއީ 2024 ވަނަ އަހަރުގައި ބެހި ހިއްސާގެ ފައިދާއާ އަޅާބަލާއިރު 25.81 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި އެމްއައިބީން ބަހާފައިވަނީ 4.58 ރުފިޔާއެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ބޭންކުން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިންކަމް ޓެކްސް ޤާނޫނުގައިވާ ގޮތުގައި ނޮން ރެޒިޑެންޓް ހިއްސާދާރުންނަށް 10 އިންސައްތައިގެ ވިތްހޯލްޑިން ޓެކްސެއް ނެގިދާއެވެ. ނަމަވެސް މިއީ ރެޒިޑެންސީ ސްޓޭޓަސް ޑެކްލެއަރ ނުކުރާ ހިއްސާދާރުންނަށް އެކަނި ނެގޭ ޓެކްސެކެވެ. އެހެންކަމުން އެ ބޭންކުން ރެޒިޑެންސީ ސްޓޭޓަސް ވީހާވެސް އަވަހަކަށް ޑެކްލެއަރ ކުރުމަށް ބާރުއަޅައެވެ.
މިދިޔަ އަހަރަކީ އެމްއައިބީ އަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބެންކުން ހާމަކުރެއެވެ. އަދި، މި އަހަރަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް އެމްއައިބީން ތައާރަފްކުރިތާ 15 އަހަރު ފުރޭ އަހަރެވެ.