އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، ކުޑައިރުއްސުރެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ކުޑައިރުއްސުރެ ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އުތުރުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، 18 އަހަރުގެ އަންހެނަކަށް ކުޑައިރުއްސުރެ އެކި ދުވަސްމަތިން ތަކުރާރުކޮށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، ރާއްޖޭގައި ޖިންސީ ކުށްތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 41 މައްސަލައެއް ހުށަހެޅިފައިވެއެވެ.

  • ރާއްޖޭގެ އުތުރުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ފަރާތަކުން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ.
  • މި ހާދިސާގައި ހިމެނޭ އަންހެން މީހާއަށް ކުޑައިރުއްސުރެ ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
  • މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ކަމަށާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނޭ.
  • މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޖިންސީ ކުށުގެ 41 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގެ އުތުރުގެ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، ކުޑަ އިރުއްސުރެ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަން ފަށާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ވަނީ، ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައިހުރެ، 18 އަހަރުގެ އަންހެނަކަށް އެ އަންހެން މީހާގެ ކުޑައިރުން ފެށިގެން އެކި ދުވަސް މަތިން ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށާފައި ވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިމެނޭ ގޮތަށް، ޖިންސީ ކުށްތައް ރިޕޯޓުކުރުން ވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 41 މައްސަލައެއް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް