އައްޑޫ އެކްސިޑެންޓު: ޑްރައިވަރުގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި

އައިޖީއެމްއެޗް ކުރިމަތި: އައްޑޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު މާލެ ގެނެސް، އަންނަނީ ފަރުވާދެމުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އައްޑޫ ހިތަދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ޑްރައިވަރު މާލެ ގެނެސް، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހިތަދޫގެ ހިއްކި ސަރަހައްދުގައި ދުއްވި ކާރެއް ފުރޮޅާލުމާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އިއްޔެ ހިނގި އެކްސިޑެންޓުގައި ޑްރައިވަރުގެ އިތުރުން، ކާރުގައި ތިބި ތިން މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އެ އެންމެންނަށް ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

https://sun.mv/219498

މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަށް ގުޅައި މެސެޖުކުރި ނަމަވެސް، އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.

އައްޑޫގައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން މީގެ ކުރިން ވެސް ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގައިފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް އެކްސިޑެންޓުތަކެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބި، ފުރާނަ ގެއްލިފައި ވެސްވެއެވެ.

comment ކޮމެންޓް