2 އިންތިޚާބު އެއްކޮށްލާ ވޯޓު ހުއްޓުވާ މައްސަލަ ކޯޓުން 3 ފަހަރަށް ރިޖެކްޓުކޮށްފި، އަންގަނީ ފަހަރަކު ކަމެއް އިސްލާހުކުރަން: އެމްޑީފީ

އެމްޑީޕީން ބޭއްވި ހިނގާލުމެއްގައި އެ ޕާޓީގެ ބައެއް އިސްވެރިން: މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ހުއްޓުވާ މައްސަލަ ކޯޓުން މިހާރު ތިން ފަހަރަށް ރިޖެކްޓުކޮށްފި، އަންގަނީ ފަހަރު ކަމެއް އިސްލާހުކުރަން ކަމަށް އެޕާޓީން ވަނީ ބުނެފައި --- ސަން ފޮޓޯ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ތިން ފަހަރެއްގެ މަތިން އެ ކޯޓުން ވަނީ ރިޖެކްޓުކޮށްފައެވެ. އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ، ކޯޓުން ކޮންމެ ފަހަރަކު ވެސް މައްސަލަ ރިޖެކްޓުކުރަނީ ފަހަރަކު ކަމެއް އިސްލާހުކުރަން އަންގައިގެން ކަމަށާއި، މިއީ އާންމު އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. ޕާޓީން އެދެނީ ވީހާވެސް އަވަހަށް މައްސަލަ ބަލައިގެން، ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

  • ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކުރުމާ ދެކޮޅަށް އެމްޑީޕީން މައްސަލަ ހުށަހެޅީ މިދިޔަ މަހު 25 ގައެވެ.
  • ސިވިލް ކޯޓުން ތިން ފަހަރަށް މައްސަލަ ރިޖެކްޓުކުރީ އިސްލާހުކުރަން ޖެހޭ ކަންކަން އެއްފަހަރާ ނާންގާ، ފަހަރަކު ކަމެއް އަންގަމުން ދިއުމުގެ ސަބަބުންނެވެ.
  • މައްސަލަ ހުށަހެޅި ފަރާތުން ބުނާ ގޮތުގައި، ކަމެއް ނުހިނގާކަން ސާބިތުކޮށްދިނުމުގެ ޒިންމާއެއް އެ ފަރާތުގެ މައްޗަށް ނޯންނާނެއެވެ.
  • އެމްޑީޕީގެ އަމާޒަކީ ވޯޓު ހުއްޓުވުމަށް ވަގުތީ އަމުރެއް ހޯދުން ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ތިން ފަހަރަށް ރިޖެކްޓުކޮށްފި ކަމަށާއި އިސްލާހު ކުރަން އަންގަނީ ފަހަރަކު ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ގާނޫނާ ޚިލާފު ކަމަށް ބުނެ، އެކަން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ މިދިޔަ މަހު 25 ގައެވެ.

https://sun.mv/218365

އެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބުގެ ތަފުސީލުތައް ހާމަކުރައްވަމުން، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ، މައްސަލަ ހުށަހެޅި ފަހުން އެ ފޯމުގައި ހުރި ބައެއް ކަންކަން އިސްލާހު ކުރުމަށް މިދިޔަ މަހު 26 ގައި އެންގި ކަމަށެވެ.

އެއީ، އެމްޑީޕީގެ ރަޖިސްޓްރީގެ ކޮޕީއަކާއި އެ ޕާޓީގެ ފަރާތުން މައްސަލަ ހުށަހަޅާއިރު ސޮއިކުރަން ހުއްދަ އޮންނަ ފަރާތް ކަނޑައަޅާފައި އޮތް ގަރާރު ފަދަ ރަސްމީ ލިޔުންތަކުގެ ސާފު ކޮޕީއެއް ހުށަހެޅުމަށެވެ. ނަމަވެސް، އޭރު އޮންނަނީ އެ ކޮޕީތައް ހުށަހަޅާފައި ކަމަށާއި އެއީ ކުރިން ވެސް މައްސަލަތަކުގައި ކޯޓުތަކަށް ހުށަހެޅި ލިޔުންތައް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީން ކުރިން ބޭއްވި ބައްދަލުވުމެއްގައި މައުރޫފް [ވ]: ވިދާޅުވީ، މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ހުއްޓުވާ މައްސަލަ ކޯޓުން މިހާރު ތިން ފަހަރަށް ރިޖެކްޓުކޮށްފި، އަންގަނީ ފަހަރު ކަމެއް އިސްލާހުކުރަން ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ހަމަ އެ ދުވަހު އެ ލިޔުންތައް އަލުން ސްކޭންކޮށް ކޯޓަށް ހުށަހެޅި ކަމަށާއި މި މަހު ފަހެއްގައި އިސްލާހު ކުރުމަށް އައީ އިތުރު އެހެން ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަހަރު އެންގީ، ހުށަހަޅާފައިވާ މައްސަލަ ހިނގިކަން އަންގައިދޭ ހެކިބަހުގެ ބަޔާނެއް ހުށަހެޅުމަށެވެ.

މި ގޮތުން، އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ކަމެއް ނުހިނގާ ކަން ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންވެ، ކަމެއް ނުހިނގާކަން ސާބިތުކޮށްދިނުމުގެ ޒިންމާއެއް މައްސަލަ ހުށަހަޅާ ފަރާތުގެ ނޯންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ސިވިލް ކޯޓުން މިފަހަރު އަމަލުކޮށްފައިވަނީ މައްސަލަތަކުގައި އެހެންޏާ އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ފުރަތަމަ އަޅުގަނޑުމެން ފޯމު ހުށަހެޅީމަ އިސްލާހުކުރަން ކަންކަން ހުރި ނަމަ، ހުރިހާ ކަމެއް އެއްފަހަރާ އެންގެވިނަމަ ފަސޭހަވީސް. ނަމަވެސް، ފަހަރަކު ކަމެއް މި އަންގަވަނީ. މިގޮތަށް ތިން ފަހަރެއްގެ މަތިން ސިވިލް ކޯޓުން މިހާރު ވަނީ ރިޖެކްޓުކޮށްފައި،ގާނޫނީ ވަކީލު އަހުމަދު މައުރޫފް

އެމްޑީޕީން އެދެނީ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ރަޖިސްޓްރީކޮށް ކުރިއަށް ގެންދިޔުންކަން އޭނާ ފާހަގަކުރައްވާފައެވެ. އެއާއެކު، މި ދަނޑިވަޅުގައި އެންމެ މުހިންމީ ދެ އިންތިޚާބު އެއްކުރާ ވޯޓު ހުއްޓުވާ ވަގުތީ އަމުރު ނެރުން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ގޮތުން، ވަގުތީ އަމުރެއް ނެރެނުދީ ވާނެ ގޮތެއް ކޯޓަށް ނޯންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ފުރަތަމަ ދެކެވުނުއިރު އިދިކޮޅުން އެ އިސްލާހަށް ތާއިދުކުރެއްވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އެއީ، އިދިކޮޅު އެމްޑީޕީން އެ އިސްލާހަށް ތާއީދުކުރަން ނިންމެވި ހަމައެކަނި ލީޑަރެވެ.

https://sun.mv/219094

އެކަމަކު، އޭގެ ފަހުން އެމްޑީޕީން ވަނީ އެ އިސްލާހަށް ދެކޮޅު ހަދަން ރަސްމީކޮށް ނިންމާފައެވެ. އެއާ އެކު، ނަޝީދު ވެސް ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ތައްޔާރަށް ހުންނެވިކަން އެ ޕާޓީގެ ގައުމީ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހާމަކުރައްވާފައެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން އެމްޑީއޭއާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކޮށްފައެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ އިސްލާހަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައެވެ.

comment ކޮމެންޓް