ދިރާގު ގުޑިފެސްޓް އަންނަ ހުކުރު ދުވަހު އުސްފަސްގަނޑުގައި

ދިރާގު ގުޑިފެސްޓް އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމައިފައި -- ފޮޓޯ: ދިރާގު

އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ދިރާގުގެ މަގުބޫލު ގުޑިފެސްޓް، އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ދިރާގުން ބުނީ މި ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 17:00އިން 18:00އަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ.

ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު ގުޑިފެސްޓް އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމައިފައި -- ފޮޓޯ: ދިރާގު

ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ، ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.

ވޭތުވެދިޔަ ރަމަޟާން މަސްމަހާ އެއްފަދައިން، މި އަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް