އެއް ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ ތަހުގީގަށް، އޮޓޮޕްސީ ހަދަން ފޮނުވާލައިފި

ހުޅުމާލޭ ޖަލު: އެއް ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ ތަހުގީގަށް، އޮޓޮޕްސީ ހަދަން ވަނީ ފޮނުވާލައިފައި -- ފޮޓޯ/ ވީނިއުސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް, މި މަހުގެ ދެ ވަނަ ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް، އެ ދެ މީހުންގެ އޮޓޮޕްސީ ހަދަން ހަށިގަނޑު ބޭރަށް ފޮނުވާލައިފިއެވެ.

ހުޅުމާލޭ ޖަލުގައި މަރުވެފައިވަނީ މާލޭ ދަފްތަރު ނރ.439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލާއި ދިއްގާގަސްދޮށުގެ / ސ.ހިތަދޫ، ޙަސަން ނިޔާޒު, 45އ. އެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ، އެ ދެ މީހުންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ހާމަކޮށްފައެވެ.

https://sun.mv/217696

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން، އެ ދެ މީހުންގެ އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

ދެ ގައިދީން މަރުވި ދުވަހު ކަރެކްޝަންސްއިން ބުނީ ސުޙެއިލް މަރުވެފައިވަނީ އޭނާގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފުތާއެއް ވެފައިވަނިކޮށް ކަމަށެވެ. އޭނާއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުންއައި މީހެއްކަމަށް ކަރެކްޝަނުން ބުންޏެވެ.

https://sun.mv/217492

ޙަސަން ނިޔާޒު މަރުވީ އެ ދުވަހުގެ މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މީގެ ތެރެއިން އެކެއްގެ ހަށިގަނޑުން ޒަޚަމުތަކެއް ފެންނަން ހުރި ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އެ ދުވަހު ވަނީ ދައުރުވެފައެވެ. އަދި މަރާ ގުޅޭގޮތުން އެކި ކަހަލަ ތުހުމަތުތައް ކުރަމުން ދިޔައެވެ.

comment ކޮމެންޓް