ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ސްކޫލެއްގައި ބަޑިޖަހައި 10 މީހުން މަރާލައިފި

ކެނެޑާގެ ހައި ސްކޫލެއްގައި ބަޑިޖަހައި 10 މީހުން ވަނީ މަރާލާފައި -- ފޮޓޯ/އޭއެފްޕީ

ކެނެޑާގައި ހުންނަ ބްރިޓިޝް ކޮލަމްބިއާގެ ސްކޫލެއްގައި ބަޑި ޖަހައި 10 މީހުން މަރާލައިފިއެވެ.

ކެނެޑީއަން މައުންޓެޑް ޕޮލިސް (އާރުސީއެމްޕީ) އިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ބަޑިޖެހި މީހާވެސް ހިމެނެއެވެ. އެ ހަމަލާގައި އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެެއެވެ.

ފުލުހުންނާ ހަވާލާދީ ކެނެޑާގެ ސީބީސީ ޕަބްލިކް ބްރޯޑްކާސްޓާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓަމްބަލާ ރިޖްގައި ހުންނަ ހައި ސްކޫލް ތެރެއިން ހަ މީހަކު މަރުވެފައި އޮއްވާ ފެނުނުއިރު، ޒަޚަމްވި މީހުންގެ ތެރެއިން މީހަކުވެސް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވަނީ މަރުވެފައެވެ.

އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުވާ ގެއަކުން އިތުރު ދެ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ސީބީސީން ބުނެފައިވެއެވެ.

"ސީރިއަސް ނުވަތަ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާތަކެއް ލިބިގެން ދެ މީހަކު ހޮސްޕިޓަލަށް އެއާލިފްޓްކޮށްފައިވޭ. ގާތްގަނޑަކަށް 25 މީހުންނަށް އަންނަނީ އިތުރު ފަރުވާ ދެމުން. އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް." އާރުސީއެމްޕީން ބުންޏެވެ.

ޓަމްބަލާ ރިޖް އަކީ އެމެރިކާގެ ބޯޑަރާ ގާތްގަނޑަކަށް 680 ކިލޯމީޓަރު (422 މޭލު) ދުރުން ކެނެޑާގެ ހުޅަނގުގައި އޮންނަ ފަރުބަދަމަތީ ޓައުނެކެވެ. އެ ސަރަހައްދުގައި ދިރިއުޅެނީ ގާތްގަޑަކަށް 2400 މީހުންނެވެ.

ޓަމްބަލާ ރިޖް ސެކަންޑަރީ ސްކޫލުގައި ގްރޭޑް ހަތަކުން 12 އަށް 175 ދަރިވަރުން ކިޔަވަމުންދާ ކަމަށް އެ ސްކޫލްގެ ވެބްސައިޓުގައިވެއެވެ.

ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް އެމެރިކާއަށް ވުރެ ހަރުކަށި ގާނޫނުތައް ހަދައިފައިވާ ކެނެޑާގައި އެފަދަ ބަޑީގެ ހަަމަލާދިނުމަކީ އާންމު ކަމެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް