ގަލޮޅުގައި ހުންނަ މާލޭ ހިޔާ އެކެއްގެ ފަސް ވަނަ ބުރިން އުމުރުން ދުވަސްވީ މީހަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭ ހިޔާއިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:50 ކަންހާއިރު ކަމަށެވެ.
އެ ފްލެޓްގެ ފަސް ވަނަ ބުރިން ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.