އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން އާއިލާއަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ހުކުމެއް

ދިވެހީން އުމްރާއަށް ފުރުން: އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން އާއިލާއަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ހުކުމެއް ވަނީ ކޮށްފައި -- ފޮޓޯ/ މޯލްޑިވިއަން

އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން، ގދ. ތިނަދޫގެ އާއިލާއަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، ގދ. ތިނަދޫ އާއިލާއެއްގެ ހަ މީހަކު އުމްރާއަށް ދިޔުމަށް، އަސްކޮއި ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ލަނޑުދިން މައްސަލައެވެ.

އެ މައްސަލައިގައި އެ އާއިލާގެ ފަރާތުން އެ ކުންފުންޏާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައިވަނީ އުމްރާއަށް ދިޔުމަށް އެ އާއިލާއިން ދެއްކި 155،250 ރުފިޔާއާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ޚަރަދު އެ ކުންފުނިން ހޯދުމަށެވެ. އެއީ އެ އާއިލާ އުމްރާއަށް ނުގެންގޮސް ލަނޑުދީފައިވާތީއެވެ.

އެ މައްސަލައިގެ ޝަރިއަތުގައި އެ ކުންފުނިންވަނީ ފައިސާ ދައްކަން އެއްބަސްވެފައެވެ. ފައިސާ ދައްކަން އެ ކުންފުނިންނާއި އަބްދުﷲ ރަޝީދު އެއްބަސްވުމުން ސިވިލް ކޯޓުން ވަނީ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ.

https://sun.mv/209929

ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގްރޫޕެއް ކަމަށްވާ އަސްކޮއި ޓްރެވެލް ސާވީސް ލިމިޓެޑްއިން ފައިސާ ނެގުމަށް ފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، ކުންފުންޏާ މެދު ފިޔަވަޅު އަޅަން އިސްލާމިން މިނިސްޓްރީން ކުރިންވަނީ ނިންމައިފައެވެ.

ކުރިންވެސް އެ ކުންފުނިން، އުމްރާއަށް މީހުން ގެންދަން އެއްބަސްވެ އެ ގޮތަށް އެކަން ކޮށްފައިނުވާތީ 130,000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރިއެވެ.

comment ކޮމެންޓް