އެފް އެންޑް ބީ ޝޯގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް

ފުޑް އެންޑް ބެވަރޭޖް (އެފް އެންޑް ބީ) 2026 ޝޯގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސްއިން ހައިރައިޒްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯގެ ނުވަވަނަ އެޑިޝަން، މި މަހު 21 އިން 24 އަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ. މި ޝޯގައި އިންޑަސްޓްރީގެ އިސްވެރިންނާއި، ސަޕްލަޔަރުންނާއި، ވިޔަފާރިވެރިން ބައިވެރިވާނެއެވެ.

ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ ބިޒްނަސްއިން މުހިންމު ދައުރެއް އަދާކުރާނީ ޑިޖިޓަލް ސޮލިއުޝަންތަކާ އެކު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި، ކަސްޓަމަރުން އެންގޭޖްކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެގްޒިބިޝަންގައި އުރީދޫ ބިޒްނަސްއަށް ޚާއްސަ ބޫތެއް ވެސް ހުންނާނެއެވެ.

އުރީދޫ ބިޒްނަސްއިން ގެނެސްދޭ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް، މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ގެނެސްދެވޭ ޚިދުމަތްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ބިޒްނަސްއިން ވަނީ މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އެ ކުންފުނީގެ ބޫތަށް ޒިޔާރަތްކުރަން ދައުވަތު ދީފައެވެ.

comment ކޮމެންޓް