ޓޫ އޮފް އަސްއިން އިންޑިއާގެ ހަތަރު ސިޓީއަކަށް ސަގާފީ ދަތުރެއް ކުރަނީ

އައިސީސީއާރުގެ ދަށުން ޓޫ އޮފް އަސްއިން އިންޑިއާގެ ހަތަރު ސިޓީއަށް ސަގާފީ ދަތުރެއް ކުރަން ހޮވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޓޫއޮފް އަސް

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު)އާ އެކު ދިވެހި ބޭންޑު، ޓޫއޮފް އަސްއިން އިންޑިއާގެ ހަތަރު ސިޓީއަކަށް ސަގާފީ ދަތުރެއް ކުރަން ނިންމައިފިއެވެ.

އެ ދަތުރުގައި ނިއު ދިއްލީއާއި ބެންގަލޯރާއި ޝިއްލޮންގާއި ޗަންދިގަރަށް އެ ބޭންޑުން ދަތުރުކުރާނެއެވެ.

އިންޓަނޭޝަނަލް ޑާންސް އެންޑް މިއުޒިކް ފެސްޓިވަލުގައި ރާއްޖެ ތަމުސީލުކުރަަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ޓޫއޮފް އަސް ހޮވާފައެވެ. އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 26 އަށް ކުރާ މި ދަތުރުގައި އެ ބޭންޑުން އިންޑިއާގެ އެ ހަތަރު ސިޓީގައި ހުށަހަޅުންތައް ހުށަހަޅާނެއެވެ.

އެ ބޭންޑުން ބުނި ގޮތުގައި، ކޮންމެ ހުށަހެޅުމެއް ހުށަހަޅާނީ 30 މިނެޓާއި 60 މިނެޓުގެ ދިގުމިނަކަށެވެ.

އޭގެ އިތުރަށް އައިސީސީއާރުގެ ދަތުރަށް ހޮވުމުން ޓޫ އޮފް އަސްއިން ބުނީ، އެއީ ހަމައެކަނި ރާއްޖެ ތަމުސީލުކުރަން ހުށަހަޅާ ލަވަތަކެއް ނޫން ކަމަށެވެ. އެކަމުން ހާމަކޮށްދެނީ ކުރިއަށް ވުރެ ވަރުގަދަކޮށް، މި އަހަރު ބައިނަލްއަގުވާމީ އިތުރު ޕްލެޓުފޯމުތަކުގައި ރާއްޖެ ތަމުސީލުކުރުމަށް ފަށާ ފެށުންކަން އެ ބޭންޑުން ފާހަގަކުރިއެވެ.

"މެލޭޝިއާއަށް ފަހު، ކޮންމެ ދުވަހަކީ އަޅުގަނޑުމެނަށް އާ ބާބެއް. ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކުން ހަނދާންކޮށްދިނީ، ޓޫއޮފް އަސްއަކީ ހަމައެކަނި ބޭންޑެއް ނޫންކަން. އަޅުގަނޑުމެންގެ ގައުމު ތަމުސީލުކުރުމަކީ ޒިންމާއެއް ކަން" އެ ބޭންޑުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ދިވެހީންގެ އެއްބައިވަންތަކަމާއި ފަންނުވެރިކަމާއި ސަގާފަތް ގުޅުވާލަދީ ކާމިޔާބު މިއުޒިކް ކޮންސަޓް "ޑްރީމް ބިޔޯންޑް ބޯޑާސް" މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި އެ ބޭންޑުން ވަނީ މިދިޔަ ނޮވެންބަރު މަހު ބާއްވާފައެވެ.

https://sun.mv/213619

އަދުހަމް އޭރު ބުނި ގޮތުގައި މި ކޮންސަޓަކީ ހަމައެކަނި މިޔުޒިކް ޝޯއެއް ނޫނެވެ. އެ ކޮންސަޓަކީ ދިވެހި ހުނަރުވެރިންނަށާއި ފަންނުވެރީންނަށް ދުނިޔޭގެ އުސް ސްޓޭޖްތަކަށް ކާމިޔާބުކަމާ އެކު އެރިއްޖެކަމުގެ ހެއްކެކެވެ. ހުވެފެނެއް ހަގީގަތަކަށްވެ, އުންމީދު އާވި ހަރަކާތެކެވެ. ދިވެހީންނަށް ހުޅުވިފައިވާ ފުރުސަތުތަކުގެ ތަނަވަސްކަން ފެނުނު އަލިގަދަ ހެއްކެއް ކަމަށް އަދުހަމް އޭރު ބުންޏެވެ.

comment ކޮމެންޓް