އޮޕަރޭޝަން އަލިމަގު: ހައްޔަރުކުރި 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށް އެކަކަށް 15 ދުވަސް

އޮޕަރޭޝަން އަލިމަގު: މާލެ އާއި ގއ. އިން މިއަދު ހައްޔަރުކުރި 4 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި -- ފޮޓޯ/ ފުލުހުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅަށް ފުޅާކޮށް, މާލެއާއި ގއ. އަތޮޅުން މިއަދު ހައްޔަރުކުރި ހަތަރު މީހުންނަށް ބަނދުގެ މުއްދަތު ޖަހައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މީހުންނަކީ:

  • ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް (28އ)
  • މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު (33އ)
  • އައިޒަން / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ)
  • އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޡާމް (35އ)

ފުލުހުން ބުނި ގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ނޮވެންބަރު މަހެވެ.

https://sun.mv/216548

ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު މާލެއާއި ގއ. އަތޮޅުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ގއ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް