ބާ ކައުންސިލްގެ ހުސްވެފައިވާ އެކްސްކޯގެ މެންބަރުކަމުގެ މަގާމަށް ގާނޫނީ ވަކީލު ސާދިހު ނަސީރު ހޮވައިފިއެވެ.
ބާ ކައުންސިލްގެ އެކްސްކޯގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އަޙްމަދު ޝާފިޢު ކްރިމިނަލް ކޯޓުގެ ގާޒީކަމަށް މިދިޔަ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހު އައްޔަންކުރުމާ ގުޅިގެން، ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާދެއްވާފައިވާތީއެވެ.
އެހެންވެ، ބާ ކައުންސިލްގެ އެކްސްކޯ މެންބަރުކަމަށް ކުރިމަތިލުމަށް މިދިޔަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ހުޅުވާލިއެވެ.
ބާ ކައުންސިލުން ބުނީ، އެ ފުރުސަތުގައި ޝަރުތު ފުރިހަމަވާ ކެންޑިޑޭޓަކަށް ހުރީ ސާދިހު ކަމަށެވެ.
މިއަދު އޮންލައިންކޮށް "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި އިންތިޚާބުގައި ސާދިހު ބާ ކައުންސިލްގެ އެކްސްކޯގެ މެންބަރުކަމަށް ހޮވުނީ ވޯޓުގައި ބައިވެރިވި 171 ވަކީލުންގެ ތެރެއިން 129 ވަކީލުންގެ ވޯޓުންނެވެ. މި އިންތިޚާބުގައި 902 ވަކީލަކު ވޯޓު ނުލައެވެ.
ބާ ކައުންސިލްގެ ވެބްސައިޓުގައިވާ ގޮތުން މިވަގުތު އެ ކައުންސިލްގެ މެންބަރުންނަކީ:
- ޙުސައިން ސިރާޖު - ރައީސް
- އިބްރާހީމް ޝަމީލް- ނައިބު ރައީސް
- ޢައިޝަތު ޝީނާ މުޙައްމަދު
- އަޙްމަދު ޝިފާޢު
- ޢަބްދުއްސަލާމް ޢާރިފް
- މުޙައްމަދު ޝަފީޢު
- މުޙައްމަދު ޢަޒްމީ
- ޢަބްދުالله ނާހިދު