އެޕަލްގެ އޭއައި ޑިޕާޓްމެންޓްގެ ނައިބުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފި

އަމަރް ސުބްރަމަންޔާ އަކީ އެޕަލްގައި ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެއް ---

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލް ކޯޕަރޭޝަނުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވައިސް ޕްރެޒިޑެންޓް (ވީޕީ)ގެ މަޤާމަށް އަމަރް ސުބްރަމަންޔާ އައްޔަންކޮށްފިއެވެ.

މިފެށުނު ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސުބްރަމަންޔާ މި މަގާމާ ހަވާލުވާއިރު، އޭނާ މި މަޤާމަށް އައްޔަން ކޮށްފައިވަނީ މިހާރުގެ ވީޕީ ޖޯން ޖިއަންނަންޑްރީއާގެ ބަދަލުގައެވެ. މިއީ އެޕަލްގެ އޭއައި ޑިޕާޓްމަންޓަށް އަންނަ މުހިންމު ބަދަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަމަރް ސުބްރަމަންޔާ އަކީ އެޕަލްގައި ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ އެޕަލްގެ ސިރީ އަދި މެޝިން ލަރނިން ޓީމްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އޭނާގެ އިރުޝާދުގެ ދަށުން އެޕަލްގެ އޭއައި ޓެކްނޮލޮޖީތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، މި މަޤާމަށް އޭނާ ހަމަޖެއްސުމުން އެޕަލްގެ އޭއައި ސްޓްރެޓެޖީއަށް ކުރިއެރުން ލިބޭނެކަމަށް ގިނަބަޔަކު ދެކެއެވެ.

https://sun.mv/213964

ޖޯން ޖިއަންނަންޑްރީއާ އަކީ އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް ޑިޕާޓްމަންޓަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ޝަޚްސިއްޔަތެކެވެ. އޭނާ މިހާރު މަޤާމުން އެކަހެރިވެވަޑައިގަންނަވާނީ، އެޕަލްގެ އޭއައި ރިސާޗް އަދި ޑިވެލޮޕްމަންޓްގެ ކޯ ޓީމްގައި އިތުރަށް ސަމާލުކަން ދެއްވުމަށްކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެޕަލްގެ އޭއައި ސިސްޓަމްތައް ވަނީ ފުޅާވެ، އިތުރަށް ހަރުދަނާވެފައެވެ.

އެޕަލްގެ މި ބަދަލު އަންނަނީ ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގައި އޭއައި އަށް ދެވޭ ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޗެޓްޖީޕީޓީ އަދި ގޫގަލް ޖެމިނައި ފަދަ އޭއައި ސިސްޓަމްތަކާއެކު ވާދަވެރިކަން ވަރަށް ބޮޑުވެފައިވާއިރު، އެޕަލް އިން ވެސް އޭއައި ގެ ދާއިރާއިން ކުރިއަށްދާން ވަރަށް ބޮޑަށް ބޭނުންވެއެވެ. މި އައްޔަންކުރުމަކީ އެޕަލްގެ އޭއައި ޕްރޮޑަކްޓްސް އާއި ސާވިސްތައް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިފަހަކަށް އައިސް އެޕަލް އިން ވަނީ އޭއައި ދާއިރާއަށް ބޮޑު ސަމާލުކަމެއް ދީފައެވެ. އެގޮތުން، އެޕަލްގެ އައިފޯން، އައިޕެޑް އަދި މެކް ޑިވައިސްތަކަށް އޭއައި ގެ ޚިދުމަތްތައް ހިމެނޭ 'އެޕަލް އިންޓެލިޖެންސް' ތަޢާރަފުކޮށްފައިވެއެވެ.

މި އައްޔަންކުރުމާއެކު، އެޕަލްގެ އޭއައި ސްޓްރެޓެޖީއަށް އިތުރު ހަލުވިކަމެއް ލިބި، އާ އީޖާދީ ހައްލުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް